އުމުރުން އެންމެ 6 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސް ކުރި، ރ. އިނގުރައިދޫ، ޔޫސުފް ބިން މާޒިން ދިރިއުޅުއްވާ ގެއަށް ޒިޔާރަތް ކުރައްވާ އޭނާގެ ބެލެވެރިންނާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙިމް ބައްދަލުކުރައްވައި ހަދިޔާއެއް ދެއްވައިފި އެވެ.

މި ބައްދަލުވުމުގައި، ޔޫސުފްގެ އެ މަސައްކަތަށް ހިތްވަރުދީ ޤާސިމް ވަނީ ވާހަކަ ދައްކަވާފައެވެ. މި ބައްދަލުކުރެއްވުމުގާއި، ޖޭޕީގެ އިސްވެރިންނާއި އާންމު މެމްބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
4 އަހަރުގެ މަސައްކަތުން ޔޫސުފް މާޒިން، ގުރުއާން ހިތުދަސްކުރިއިރު އޭނާ ވެފައިވަނީ އެންމެ ތުއްތު ހާފިޒުކަމުގައެވެ.
މިހާ ޅައުމުރެއްގައި ކީރިތި ގުރުއާން ހިތުދަސްކޮށްފައިވާތީ އެކަމުގެ އަގުވަޒަންކޮށް ޔޫސުފްއަށް ހިތްވަރުދެއްވާ ރައީސްލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްވެސް ވަނީ ޔޫސްފްއާއި ޔޫސުފްގެ އާއިލާއާއި ބައްދަލުކުރައްވާފައެވެ.
ދޮންދޫނި ލިޓްލް ލާނާސް ޕްރީ ސުކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ޔޫސުފް ކީރިތި ގުރުއާން އެއްކޮށް ހިތުދަސް ކޮށްފައިވާތީ އިސްލާމިކް މިނިސްޓަރވެސް ވަނީ ހިތްވަރުދެއްވާފައެވެ.
ޔޫސުފް އަކީ ދިވެހިރާއްޖޭގައި މިހާ ޅާއުމުރެއްގައި ކީރިތި ގުރުއާން ހިތުދަސްކުރި ފުރަތަމަ ފަރާތްވެސްމެއެވެ. މިއަދު މިކުޑަ ކުޑަ ޔޫސުފް އަކީ މުޅި ގައުމު ފަހުރުވެރިވާ ފަދަ ދަރިއެއްވެސްމެއެވެ. އަދި އަޅުގަނޑުމެން އެމެންވެސް އެދެނީ މިކުޑަ މުޖުތަމައުގައި ޔޫސުފް ފަދަ އެތައް ޔޫސުފެއް އުފެދިގެން ދިޔުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!