ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ "ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444" ޤުރުއާން މުބާރާތުގެ ގްރޭންޑް ފައިނަލް ޝޯ މިރޭ އޮންނާނެއެވެ. މި ޝޯގައި ދިއްދޫ އެންމެ އަލިގަދަ ތަރި ހޮވުން އޮންނާނެއެވެ.
ފައިނަލުން ޖާގަ ހޯދި ދިހަ ބައިވެރިންނާއިއެކު ރޭ ފައިނަލުގެ ފުރަތަމަ ރޭގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވާއިރު، ރޭ ވަނީ ފައިނަލުގެ ދެވަނަރެއަށް (ގްރޭންޑް ފައިނަލް) ހޮވުނު ފަސް ބައިވެރިންގެ ނަންތައް އިޢުލާން ކޮށްފައެވެ. ރޭ ވަނީ ފަސް ބައިވރިން މުބާރާތުން ކަޓައިގެން ވެސް ގޮސްފައެވެ.
މިރޭ އޮންނަ ފައިނަލް ޝޯއިން ޖާގަ ހޯދި ފަސް ބައިވެރިން
ހުސެއިން ޝަހުބާން
އަލް ހާފިޡާ ބައްސާމާ ސްލައިމާން
މަރްޔަމް މަހާ މުޙައްމަދު
އަބްދުﷲ ޒައިން ބިން މުޙައްމަދު
މަރްޔަމް އަޒާ އާދިލް
އާންމުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގެ ފައިނަލް ޝޯ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 21:20 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައެވެ.
ދިއްދޫ އެންމެ އަލިގަދަ ތަރިއަކަށް ހޮވޭނީ ގްރާންޑް ފިނާލޭގައި އެ ބައިވެރިޔަކު ކިޔެވުމުގައި ލިބޭ މާކްސްއާއި، ފައިނަލް ބުރުގެ ފުރަތަމަ ރޭ އެ ބައިވެރިޔަކަށް ލިބުނު މާކްސް އެއް ކުރުމަށް ފަހު އެންމެ މަތިން މާކްސް ހޯދާ ފަރާތަށެވެ. މި މުބާރާތުގެ އެއްވަނައަށް އަންނަ ހޮވޭ ފަރާތައް އިނާމެއްގެ ގޮތުގައި ވަނީ އުމްރާ ދަތުރެއް ދިނުމަށް ނިންމާފައެވެ.
މި މުބާރާތަކީ ޓީވީއެމްއިން ރަމަޟާން މަހު ގެނެސްދިން "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތު ގެ ޓައިޓަލް ސުޕޮންސަރ އަކީ ކޭޑީ އެންޓަރޕުރައިސަސް ޕުރައިވެޓް ލިމިޓެޑެވެ. ކޯ ސްޕޮންސަރުންނަކީ ޔަލަމްލަމް ހައްޖު އެންޑު ޢުމުރާ އަދި ސަން އޮފް ސެއިލާސް އެވެ.
މުބާރާތުގެ ގޯލްޑް ސްޕޮންސަރުންނަކީ ފެނަކަ އަދި އުދަރެސް އިން، އެވެ. ސިލްވަރ ސްޕޮންސަރުންނަކީ ހއ. އަތޮޅު ކައުންސިލް ، ހއ. ދިއްދޫ ކައުންސިލް، ހއ. ދިއްދޫ ޕޮލިސް، ހއ.އަތޮޅު ތައުލީމީ މަރުކަޒު، ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ދިއްދޫ ކުރިމަ ގު ޖަމިއްޔާ އަދި މާހޯރައެވެ.
މުބާރާޓުގެ ސައުންޑް އެންޑް ލައިޓި ން ޕާޓްނަރ، ވި ކިކް، ޕްރިންޓިން ޕާޓްނަރ، އިންކް ބްލިންކް، ޑިޖިޓަލް ޕާޓްނަރ، ދިރާގު، އޮފިޝަލް ފުޓޯގުރަފާ ، ޒެރޯ ކްލިކްސް، އޮންލައިން މީޑިއާ ޕާޓްނަރ، ސަން އޮންލައިން ،ކޭޓަރިންގ ޕާޓްނާރ، ހއ. އުތީމު ބާހާރު ޑައިން، ޓުރެވެލިންގ ޕާރޓްނާރ ، އޯޝަން ލޯންޗް އެވެ.
އިތުރު ޕާޓްނަރުންގެ ތެރޭގައި އަލްޓްރާ ފެޝަން، އާހިޔާ ރެސިޑެންސް، އީޒީ ފިލިންގ، ދިއްޤާ ފައުންޑޭޝަން، އަލްފާ އިންޖިނިއަރިން، ނާޑު، ރަހަދާނާ، ރިންގް ޝޮޕް، އަލްމަރުޙޫމް އަބޫބަކުރު އަލީ (ކަނޑިތީމު އަބޫބަކުރު ) ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!