ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ "ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444" ޤުރުއާން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ކިޔެވުން މިރޭ އޮންނާނެއެވެ.
މުބާރާތުގެ ފައިނަލުގެ ފުރަތަމަ ރޭގެ ކިޔެވުން މިރޭ ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވާއިރު، މިރޭ މުބާރާތުގެ އެންމެ މޮޅު 10 ބައިވެރިން ކިޔަވާނެއެވެ. މިރޭ ކިޔެވުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ބައިވެރިންނަށް މުބާރާތުގެ ގްރާންޑް ފިނާލޭ ޝޯއިން ޖާގަ ލިބޭނެއެވެ. މިރޭގެ ޝޯއިން ފަސް ބައިވެރިން ކަޓައިގެން ވެސް ދާނެއެވެ.
ދިއްދޫ އެންމެ އަލިގަދަ ތަރިއަކަށް ހޮވޭނީ ގްރާންޑް ފިނާލޭގައި އެ ބައިވެރިޔަކު ކިޔެވުމުގައި ލިބޭ މާކްސްއާއި، ފައިނަލް ބުރުގެ ފުރަތަމަ ރޭ (މިރޭ) އެ ބައިވެރިޔަކަށް ލިބުނު މާކްސް އެއް ކުރުމަށް ފަހު އެންމެ މަތިން މާކްސް ހޯދާ ފަރާތަށެވެ. މި މުބާރާތުގެ އެއްވަނައަށް އަންނަ ހޮވޭ ފަރާތައް އިނާމެއްގެ ގޮތުގައި ވަނީ އުމްރާ ދަތުރެއް ދިނުމަށް ނިންމާފައެވެ. މުބާރާތުގެ ގްރާންޑް ފިނާލޭ ޝޯ އޮންނާނީ މާދަމާރެއެވެ.
މުބާރާތުގެ ފައިނަލުގެ ފުރަތަމަ ރެއަށް ހޮވިފައިވާ ދިހަ ބައިވެރިން
މަރިޔަމް ނާޔާ އަޙްމަދު
ޢާއިޝަތު ރީޝް ނަސީމް
ޢާއިޝަތު ރައިނާ ރަޝީދު
ހުސެއިން ޝަހުބާން
އަލް ހާފިޡާ ބައްސާމާ ސްލައިމާން
މަރްޔަމް މަހާ މުޙައްމަދު
އަބްދުﷲ ޒައިން ބިން މުޙައްމަދު
ޢާއިޝަތު ޝައުރާ މުޙައްމަދު
މަރްޔަމް އަޒާ އާދިލް
އަޙްމަދު މާހިލް މުޙައްމަދު
މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އިނާމުގެ ގޮތުގައި ފައިސާގެ އިތުރުން އެ ބޭފުޅަކު ބޭނުން އެއްޗެއް ހުށަހެޅިދާނެ ކަމުގައި މިޑްލް ސްޕޯޓްސް ކުލަބުން މަޢުލޫމާތު ދެއްވައެވެ. އިނާމް ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން 7656766، މި ނަމްބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދިޔުމަށް އެ ކުލަބުން އެދިލައްވައެވެ.
މި މުބާރާތަކީ ޓީވީއެމްއިން ރަމަޟާން މަހު ގެނެސްދިން "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތު ގެ ޓައިޓަލް ސުޕޮންސަރ އަކީ ކޭޑީ އެންޓަރޕުރައިސަސް ޕުރައިވެޓް ލިމިޓެޑެވެ. ކޯ ސްޕޮންސަރުންނަކީ ޔަލަމްލަމް ހައްޖު އެންޑު ޢުމުރާ އަދި ސަން އޮފް ސެއިލާސް އެވެ.
މުބާރާތުގެ ގޯލްޑް ސްޕޮންސަރުންނަކީ ފެނަކަ އަދި އުދަރެސް އިން، އެވެ. ސިލްވަރ ސްޕޮންސަރުންނަކީ ހއ. އަތޮޅު ކައުންސިލް ، ހއ. ދިއްދޫ ކައުންސިލް، ހއ. ދިއްދޫ ޕޮލިސް، ހއ.އަތޮޅު ތައުލީމީ މަރުކަޒު، ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ދިއްދޫ ކުރިމަ ގު ޖަމިއްޔާ އަދި މާހޯރައެވެ.
މުބާރާޓުގެ ސައުންޑް އެންޑް ލައިޓި ން ޕާޓްނަރ، ވި ކިކް، ޕްރިންޓިން ޕާޓްނަރ، އިންކް ބްލިންކް، ޑިޖިޓަލް ޕާޓްނަރ، ދިރާގު، އޮފިޝަލް ފުޓޯގުރަފާ ، ޒެރޯ ކްލިކްސް، އޮންލައިން މީޑިއާ ޕާޓްނަރ، ސަން އޮންލައިން ،ކޭޓަރިންގ ޕާޓްނާރ، ހއ. އުތީމު ބާހާރު ޑައިން، ޓުރެވެލިންގ ޕާރޓްނާރ ، އޯޝަން ލޯންޗް އެވެ.
އިތުރު ޕާޓްނަރުންގެ ތެރޭގައި އަލްޓްރާ ފެޝަން، އާހިޔާ ރެސިޑެންސް، އީޒީ ފިލިންގ، ދިއްޤާ ފައުންޑޭޝަން، އަލްފާ އިންޖިނިއަރިން، ނާޑު، ރަހަދާނާ، ރިންގް ޝޮޕް، އަލްމަރުޙޫމް އަބޫބަކުރު އަލީ (ކަނޑިތީމު އަބޫބަކުރު ) ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!