މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކް މުޅިން އަލަށް ފަސް ބޭފުޅެއް ޕްރޮމޯޓްކޮށް، މަޤާމުގެ ކުރިއެރުންދެއްވައިފިއެވެ.
މިއަދު ހެނދުނު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި އޮތް ރަސްމިއްޔާތެއްގައި މަޤާމުގެ ކުރިއެރުން ލިބުނު ފަސް ބޭފުޅުންނަށް މަގާމުގެ ލިޔުން ހާވާލު ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއެވެ.
މީގެ އިތުރުން މި ފަސް ބޭފުޅުންނަށް ރޭންކް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޗީފް ވޮރަންޓް އޮފިސަރގެ ރޭންކް މުޅިން އަލަށް ފަސް ފަރާތަކާ ހަވާލުކުރައްވާ މަޤާމުގެ ކުރިއެރުންދެއްވައިފިhttps://t.co/9YG8gFoKfE pic.twitter.com/0YuNnMa19o
— Maldives National Defence Force (@MNDF_Official) March 27, 2023
ޗީފް ވޮރަންޓް އޮފިސަރގެ ރޭންކް މިއަދު ލިބިވަޑައިގެންވި ފަސް ބޭފުޅުންގެ ތެރޭގައި އަންހެން ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.
މި ފަސް ބޭފުޅުންނާ ބައްދަލުކުރައްވާ، މަރުހަބާ ދަންނަވަމުން މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، މިއީ 130 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ ސިފައިންގެ މުއައްސަސާގައި ފުރަތަމަ ފަހަރަށް ޗީފް ވޮރަންޓް އޮފިސަރގެ ރޭންކަށް މީހުން އައްޔަންކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި ފަސް ބޭފުޅުންގެ ދައުރު ސިފައިންގެ ތާރީހުގައި ލިޔެވިގެން ދާނެ ކަމަށް ވެސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!