ރާއްޖެ ޓީވީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމެންޓް ގުޅިގެން މިރޯދަމަހު ކުރިޔަށް ގެންދާ "ރަންތާޖު" ޤުރުއާން މުބާރާތް މިރޭ އިފްތިތާޙްކޮށްފިއެވެ.

މިއީ ރިއަލިޓީ ޝޯވއެއްގެ ގޮތުގައި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޤުރުއާން މުބާރާތެވެ. މިމުބާރާތުގެ ފުރަތަމަ ޝޯވ މިރޭ ވަނީ ރާއްޖެޓީވީން ދައްކާފައެވެ.

Ad
rt

ރަންތާޖު ޤުރުއާން މުބާރާތް މިރޭ އިފްތިތާހްކޮށް ދެއްވީ، ނައިބު ފައިޞަލް ނަސީމްމެވެ.

މި މުބާރާތް ހުޅުއްވައި ދެއްވައި، ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި "ރަންތާޖު" ޤުރުއާން މުބާރާތުގެ ފުރިހަމަކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިމުބާރާތް ރާވައި އިންތިޒާމްކުރުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކާއިމުބާރާތަށް އެހީތެރިވެދެއްވާ ފަރާތްތަކަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިފަދަ މުބާރާތެއް މަޤުޞަދަކީ، ޤުރުއާނަށްލޯބި ޖެއްސުމާއި، ތަޖުވީދުގެ މަގުން ޤުރުއާން ކިޔެވުމަށް ބާރުއެޅުން ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

"ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަން، ރާއްޖޭގެ 6 ސަރަހައްދެއްގައި ބާއްވާފައިވާއިރު، މުބާރާތުގެ އޮޑިޝަންގައި 111 ފަރާތަކުން ބައިވެރިވިއެވެ. މިމުބާރާތަށް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމްވަނީ ހުށައަޅާފައެވެ.