ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެސްޓީއޯގެ ''ރޯދަ މާޓު'' ހުޅުވައިފި

C9B62FE1-33A3-418E-B135-05CF3E3FEDAD

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "ރޯދަ މާޓު" ގެ ނަމުގައި އާ ފިހާރައެއް އެސްޓީއޯއިން ހުޅުވައިފިއެވެ.

އެ ފިހާރަ ހުޅުވީ ދެވަނަ ފިޔަވަހީގެ ވިނަރެސް ނުވައެއްގައެވެ. ފިހާރަ ހުޅުވައި ދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ.

އެ ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްކޮށް ވެސް އެސްޓީއޯއިން އެތެރެ ކުރާ ކާބޯތަކެތީގެ ގިނަ ބާވަތްތައް ލިބޭނެއެވެ.

ރޯދައާ ދިމާކޮށް އެ ފިހާރަ ހުޅުވި އިރު އެތަނުން ކަސްޓަމަރުންގެ އެންމެ ބޮޑު ޑިމާންޑެއް އުފެދޭ ބާވަތްތައް ކަމުގައިވާ ފިޔާ، އަލުވި އަދި ބިސް ވެސް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ، އެ ފިހާރައިގައި ރޯދަ ވީއްލުމަށް ހަދާ ހެދިކާ ފަދަ ތަކެތިވެސް ބެހެއްޓޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.

އެ ފިހާރައިގެ އިތުރުން އެސްޓީއޯ އިން އަންނަނީ އިތުރު ދެ ސަރަހައްދަކުން ހޯލްސޭލްކޮށް ތަކެތި ވިއްކަމުންނެވެ. އެއީ އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖެވެ. އޭގެ އިތުރުން ރީޓެއިލްކޮށް ރޯދަ މާޓުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް ތަކެތި ލިބޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *