މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްކެނޑުމުގެ މުބާރާތެއް ބޭއްވުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިޢުލާންގައި ބުނެފައި ވާގޮތުގައި 39 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްކެނޑުމުގެ މުބާރާތް ހުޅުވާލާފައިވަނީ ދިވެހި ރައްޔިތުންގެ ތެރެއިން 18 އަހަރުން މަތީގެ ކޮންމެ ފިރިހެނަކާއި އަންހެނަކަށެވެ.

Ad
rt

މަސްކެނޑުމުގެ މުބާރާތް ބޭއްވުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ތާރީހަކީ 9 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 4:00 ގައި ހުޅުމާލޭ ޔޫތުސިޓީ މަސްމާރުކޭޓް ސަރަހައްދުގައި މަސްކެނޑުމަށް ޚާއްސަ ކޮށްފައިވާ ސަރަހައްދުގައެވެ.

މި މުބާރަތުގައި ބައިވެރި ވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވައިދު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އެ މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ބައިވެރިވާން އެދޭ ފަރާތް ތަކުން މިމަހު 5 ވަނަ ދުވަހު 2:00 ގެ ކުރިން ފޯމް ހުށައެޅުއްވުމަށް ވެސް އެ މިނސްޓްރީން އެދިފައިވެއެވެ.

ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހެވެ.