ނޮޅިވަރަންފަރު އަންހެނުން ކޮމެޓީގެ "ބިލެއްކަމަނަ" އެވޯޑު ހަ ބޭފުޅަކަށް

Bileiy Kamana Award 2023 - Nolhivaranfaru WDC

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ "ބިލެއްކަމަނަ" އެވޯޑް ހަ ފަރާތަކަށް އަރުވައިފިއެވެ.

މިއީ ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެކި ދާއިރާތަކުން އެ ރަށުގެ ކަނބަލުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ކަނބަލުންގެ މަސައްކަތުގެ މާހައުލުގައި ބާރުވެރިކުރުވުމުގެ ގޮތުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުންދޭ ދެމުން އަންނަ އެވޯޑެކެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ނޮޅިވަރަންފަރު ސްކޫލުގައި ބޭއްވި މި އެވޯޑް ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސާ މަރިޔަމް ވަހީދާއެވެ.

މި އަހަރު މި އެވޯޑް ހާސިލް ކޮށްފައިވާ ހަ ބޭފުޅުން

  • ސާރާ ޔޫސުފް / ބޮކަރުމާގެ / ހދ ނޮޅިވަރަންފަރު (އިދާރީ ދާއިރާ)
  • ޝަކީބާ މުހައްމަދު/ހުވަދުމާގެ/ ހދ ނޮޅިވަރަންފަރު (ސިއްހީ ދާއިރާ)
  • އާމިނަތު ޝާހިދާ /ރޯޅިވާގެ / ހދ ނޮޅިވަރަންފަރު (އާރޓް / ފަންނުވެރިކަމުގެ ދާއިރާ)
  • މަރިޔަމް ހަނާ /ދުންތަރި / ހދ ނޮޅިވަރަންފަރު ( ދުޅަހިޔޮ ހަށިހެޔޮ ދާއިރާ)
  • ފާތުމަތު ފައުޒިއްޔާ /ޝަބުނަމީގެ / ހދ ނޮޅިވަރަންފަރު (ތައުލީމީ ދާއިރާ)
  • ޖަމީލާ ހުސެން /ޒިއުރިކް / ހދ ނޮޅިވަރަންފަރު (ދަރުމްވެރި ދާއިރާ)
އެވޯޑު ލިބުނު ބޭފުޅުންނާއެކު ޝަރަފްވެރި މެޚްމާން މަރީގެ އިތުރުން ނޮޅިވަރަމްފަރު ކައުންސިލާ، އ.ތ.މ ކޮމެޓީގެ އިސް ބޭފުޅުން، ފޮޓޯ: ނޮޅިވަރަންފަރު އ.ތ.މ ކޮމެޓީ

މި ހަފްލާފައި ވަނީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކޮމެޓީން މާޗް މަހުގެ އެއްވަނަ ދުވަހުން ދިހަވަނަ ދުވަހާއި ދެމެދު އެ ރަށުގެ ކަނބަލުންނަށް ބޭއްވި އެކި ކުޅިވަރުތަކުން ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް ވެސް އިނާމް ދީފައެވެ. މީގެ އިތުރުން ނޮޅުވަރަންފަރު އަންހެނުންގެ ކޮމެޓީގެ ފަރާތުން ހަފްލާގެ ޝަރަފްވެރި މެހެމާނަށް ވެސް ވަނީ ފިލައެއް އަރުވާފައެވެ.

މި އެވޯޑް ހަފްލާ ފުރިހަމަކަމާއި އެކު ކުރިއަށް ގެންދިޔުމުގައި ނޮޅިވަރަންފަރު ކައުންސިލާއި، ނޮޅިވަރަންފަރު ޕޮލިސް، ނޮޅިވަރަންފަރު ފެނަކަ އަދި ނޮޅިވަރަންފަރު ސްކޫލުގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް އެ ރަށު އަންހެނުންގެ ކޮމެޓީގެ ރައީސާ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މާރޗު މަހުގެ 8 ވަނަ ދުވަހެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި