އަންނަ ރޯދަ މަހު އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް ވިއްކާނެ އަގުތައް އާއްްމުކޮށްފިއެވެ.
އެސްޓީއޯއިން މިއަދު އާއްމުކުރި އަގުތައް ދައްކާ ގޮތުން މި ރޯދަ މަހު އެންމެ އަގުހެޔޮވާނީ ފިޔާއެވެ. އެގޮތުން، ފިޔާ ކިލޯއެއް އެންމެ 9ރ. އަށް އެ ކުންފުނިން ވިއްކާނެއެވެ. އަދި ބަސްތާއެއް ލިބޭނީ 180ރ. އަށެވެ.
އެ ކުންފުނިން މި ރޯދަ މަހު ބިސް ކޭހެއް ލިބެން ހުންނާނީ 320ރ. އަށެވެ. ވަކިން ބިހެއް ވިއްކާނީ 1.75ރ. އަށެވެ.
މީގެ އިތުރުން އަލުވި ބަސްތާއެއް 250ރ. އަށް ވިއްކުމަށް ނިންމާފައިވާއިރު ކިލޯއެއް ލިބޭނީ 11ރ. އަށެވެ.
އެސްޓީއޯއިން ކޮންމެ އަހަރެއްގެވެސް ރޯދަމަހާ ދިމާކޮށް ފިޔާ، އަލުވި އަދި ބިސް އަގުހެޔޮ ކުރެއެވެ. އެއީ މާކެޓުގައި ރޯދަ މަސް ނިމެންދެން އެތަކެތީގެ އަގު އުފުލުނަ ނުދީ ކޮންޓްރޯލް ކުރުމަށެވެ.
ފިޔާ، އަލުވި އަދި ބިހަކީ ރާއްޖޭގައި ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ ތަކެއްޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!