ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯސް ނިންމާލައިފިއެވެ.

މި ކޯހަކީ ދިިއްދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިޓެކްނިކް އަދި ހއ. އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.

Ad
rt

6 މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިކޯސް ފަށާފައި ވަނީ މިދިޔަ އަހަރުގެ މާރިޗް މަހުގެ 26 ވަނަ ދުވަހުއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު "ތިލަދުން" އަށް ވިދާޅުވީ، ދިއްދޫގެ 24 ބައިވެރިއަކު މި ކޯސް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

'' މި ކޯހުގެ ސަބަބުން މިރަށުގެ ދަރިންތަކެއް މުހިންމު ދާއިރާއަކަށް ތަމްރީނުވެ، އުނގެނިގެން ދިޔުމަކީ ލިޔުބުނު ވަރަށް ބޮޑު އުފަލެއް، އެ ކުދިންނަށް މި ކޯހުގެ ސަބަބުން ރަނގަޅު ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދިޔުމަކީ ވަރަށް ބޮޑު އުންމީދެއް، މީހެން ބިނާ ކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް'' ރަޝީދު ވިދާޅުވިއެވެ.

މި ކޯސް ފުރިހަމަކުރި ފަރާތްތަކަށް އިލެކްޓްރިކް ވައިރިން ޓެސްޓް ކުރުމުގެ ހުއްދަ ވެސް ލިބިގެން ދާނެކަން ރަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

މި ކޯހަކީ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ.