މަކުނުދޫ ޕޮލިސް ސުޓޭޝަންގެ ފަރާތުން މަކުނުދޫ ކައުންސިލާއި އެމް.ޓީ.ސީ.ސީ ސުޕީޑްފެރީގެ ބޭފުޅުންނާއި ގުޅިގެން އެރަށުގެ ޖެޓީ ސަރަޙައްދު ފެހި ކުރުމުގެ ޙާއްސަ ޕްރޮގުރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިގޮތުން ބަނދަރު ބައްތިތަކުގެ ކައިރީގައިވަނީ މަގޫގަސް އިންދާފައެވެ. މިފަދަ ކަންކަމުގައި މަކުނުދޫ ޕޮލިސް ސުޓޭޝަންގެ ފަރާތުން ފެންނަ އިސްނެންގެވުމާއި، ކައުންސިލަށް ދެއްވަމުންދާ އެއްބާރުލެއްވުމާއި އެހީތެރިކަން ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ހަމައެއާއެކު، މަކުނުދޫގެ ނަލަކަން ދެމެހެއްޓުމުގައި ޙާއްސަކޮށް ޒުވާނުން ދެއްވަވާ ތަރުޙީބަށްވެސް ވަނީ ކައުންސިލުން ޝުކުރު އަދާކޮށްފައެވެ.

Ad
rt