ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ "ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444" ޤުރުއާން މުބާރާތުގެ އޮޑިޝަން ނިންމައި މުބާރާތަށް 20 ބައިވެރިން ހޮވައިފިއެވެ.

މި މުބާރާތުގެ އޮޑިޝަންގައި ވަނީ 33 ފަރާތެއް ބައިވެރިވެފައެވެ. މި މުބާރާތުގެ އިޑިޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 27، 28 މި ދެ ދުވަހުއެވެ. މި މުބާރާތް ރާވާލެވިފައިވަނީ އޮޑިޝަނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 20 ބައިވެރިންނަށް މުބާރާތުން ފުރުޞަތު ދިނުމަށެވެ. މިގޮތުން މުބާރާތުން ފުރުޞަތު ހޯދާފައިވާ ބައިވެރިންނަކީ:

Ad
rt
  • ފާތިމަތު ލުޖައިން އިބްރާހީމް
  • މަރިޔަމް ދުޢާ އަލީ
  • ޢާއިޝަތު އަސްވާ އަޙްމަދު
  • މަރިޔަމް ނާޔާ އަޙްމަދު
  • ޖަޛްލާން ޖައުހަރީ އަލީ
  • ޢާއިޝަތު ރީޝް ނަސީމް
  • މުޙައްމަދު އިޒާން މުސްތަފާ
  • މަރްޔަމް ހިބާ ހުސައިން
  • މައިސޫރާ މުޙައްމަދު ވަހީދު
  • ޢާއިޝަތު ރައިނާ ރަޝީދު
  • އާމިނަތު ޝާޔާ މުޙައްމަދު ޝާހިދު
  • ހުސެއިން ޝަހުބާން
  • އާމިނަތު އިޝާދާ އަޙްމަދު
  • އަލް ހާފިޡާ ބައްސާމާ ސްލައިމާން
  • މަރްޔަމް މަހާ މުޙައްމަދު
  • އަބްދުﷲ ޒައިން ބިން މުޙައްމަދު
  • ޢާއިޝަތު ޝައުރާ މުޙައްމަދު
  • ސާރާ މުޙައްމަދު ނާޒިމް
  • މަރްޔަމް އަޒާ އާދިލް
  • އަޙްމަދު މާހިލް މުޙައްމަދު

މި މުބާރާތަށް ހޮވިފައިވާ މި 20 ބައިވެރިންނަށް މުބާރާތުގައި އަންނާނެ ތަޖުވީދުގެ ބައިތަކާއި ޤުރުއާނުގެ ޢިލްމުގެ ބައިތަށް ދަސްކުރަން ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ދެވަނަ ބުރުން ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ބުރުން އެނެމް މަތިން މާކްސް ހޯދާ 10 ބައިވެރިންނަށެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ތަރުޖަމާ ކިޔުމާއި ދިގުރާގަށް ކިޔެވުންފަދަ ބައިތައް ހިމެނޭއިރު، ދެވަނަ ބުރަށް ދަތުރުކުރާ ބައިވެރިންނަށް އެ ބައިތަކުން އިތުރު ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ މި މުބާރާތުގެ ފުރަތަމަ ބުރު މާޗު މަހުގެ 23 އަދި 24 ގައި ކުރިއަށް ގެންދާއިރު، ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 30 އަދި 31، މި ދެ ދުވަހުއެވެ. މުބާރާތުގެ ފައިނަލް ބުރު ވެސް ދެ ރެޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައިވާއިރު، ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް މަހުގެ 6 އަދި 7، މި ދެދުވަހުއެވެ.

މި މުބާރާތަކީ ޓީވީއެމްއިން ރަމަޟާން މަހު ގެނެސްދޭ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުބާރާތެކެވެ.

މިޑްލް ސްޕޯޓްސްއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ދިއްދޫގެ އާބާދީގެ މެދުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި، ތަޖުވީދު ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކީރިތި ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި، ރީތިކޮށް ބަލައިގެން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި، ކީރިތި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހު އަށަގެންނެވުމާއި، ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމާއި، ރަމަޟާން މަހަކީ ޤުރުއާން ބާވާލެއްވި މައްސަރަށް ވީ ހިނދު އެ މައްސަރުގައި ޤުރުއާނަށް ދޭ އަހަންމިއްޔަތު އިތުރު ކުރުމުގެ އިތުރުން އެ ރަށުގައި ހާފިޟުން އުފެއްދުމާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި ދިއްދޫ ތަމްސީލުކުރާނެ ދަރިން ތައްޔާރު ކުރުން ހިމެނެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ކޭޑީ އެންޓަޕްރައިސަސްއެވެ. އިތުރު ޕާޓްނަރުންގެ ގޮތުގައި މުބާރާތައް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ހއ.އަތޮޅު ކައުންސިލް އިދާރާ، ދިއްދޫ ކައުންސިލް އިދާރާ، ހއ.އަތޮޅު ތައުލީމީ މަރުކަޒު، ބަހާރު ޑައިން، ސަން މީޑީއާ، ދިއްދޫ ކުރިމަގު ޖަމިއްޔާ، ދިރާގު، ޔަލަމްލަމް ހައްޖު އެންޑް އުމްރާ، އުދަރެސް އިން، ދިއްދޫ ދިއްގާ ފައުންޑޭޝަން، އިންކް ބްލިންކް، ޒީރޯ ކްލިކްސް، އަލްޓްރާ ބަނދަރު ފިހާރަ، އާހިޔާ ރެސިޑެންސް، ވި ކިކް ލައިޓް އެންޑް ސައުންޑް، ދިއްދޫ އީޒީ ފިލިންގެ، މާހޯރަ ބޯޓްގެ އިތުރުން ދިއްދޫ ޕޮލިސް ހިމެނެއެވެ.

މިޑްލް ސްޕޯރޓްސް ކުލަބު ރަޖިސްޓްރީ ކޮށްފައި ވަނީ 9 ޖޫން 2016 ގައެވެ. އެ ޖަމިއްޔާއަކީ ދިއްދޫގެ ކުރިއެރުމަށް އެކި ދާއިރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ކުޅިވަރާއި ރަށުގެ އިޖްތިމާއީ، ދީނީ އަދި ތައުލީމީ ގޮތުން އެކި ޙަރަކާތް އެ ޖަމިއްޔާއިން އަންނަނީ ހިންގަމުންނެވެ. އެ ޖަމިއްޔާގެ 92 މެންބަރުން ހިމެނޭއިރު، އެ ޖަމިއްޔާއަކީ ދިއްދޫއަށް ރީތި ނަން ހޯދައިދިނުމަށާއި ރަށުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ

މިއީ ދިއްދޫ އެންމެ އަލިގަދަ ތަރި ޤްރުއާން މުބާރާތް މިޑްލް ސްޕޯޓްސް ކުލަބުން ބާއްވާ ދެވަނަ ފަހަރެވެ.