•  
  •  
  •  
  •  
  •  
  •  

ފާއިތުވި ހަފުތާގައި އީރާނު ސަރުކާރުން ޕެޓްރޯލްގެ އަގު ބޮޑުކުރުމުން  އެކަމާ ދެކޮޅަށް އެގައުމުގެ އެކި ރަށްރަށުގައި ފެށި އިހުތިާޖުތައް ބޮޮޑެތި މުޒާހަރާތަކަކަށް ބަދަލުވެ، 21 ރަށެއްގައި 106 މީހުން މަރުވެފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން އިއްޔެވަނީ ބުނެފައެވެ. ނަމަވެސް އެގައުމުގެ މީޑިޔާތަކުން ބުނާގޮތުން މިއަދަދު200 އަށްވުރެ މަތިވާނެކަމަށް ބުނެއެވެ.

”މި ޖަމްއިއްޔާއިން ގަބޫލުކުރާ ގޮތުގައި ހަގީގީ އަދަދު މިއަށްވުރެ މާ މަތިވެދާނެ. އެއީ 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެފައި ވާތީ.“ ”އިތުބާރުކުރެވޭ ރިޕޯޓުތަކާ ހަވާލާދީ އެމްނެސްޓީން ނެރެފައިވާ ބަޔާނުގައި ވެއެވެ.

އާދީއްތަ ދުވަހު ފެށުނު މުޒާހަރާތައް ހޫނުވެ މައިތިރި ކުރުމުގެ ގޮތުން އެގައުމުގެ ސަރުކާރުންވަނީ އިންޓަރނެޓުގެ ޚިދުމަތް އެކީ ކަނޑާލާފައެވެ. އިއްޔެއަށް 5 ދުވަސް ވެފައިވާއިރު މިއަދުގެ ވަގުތެއްގައިވަނ ީ15% އަށް ޚިދުމަތް ލިބެން ފަށާފައެވެ.

މުޒާހަރާކުރި މީހުން ގަޔަށް ބަޑި ޖަހާފައިވާތީއާއި، އެކަމުގެ ސަބަބުން ގައުމުގެ ކަންކޮޅުތަކުގައި ”ފާހަގަކޮށްލެވޭ އަަދަދަަކަށް މީހުން މަރުވެފައި ވާތީ“ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

”ތަފާތު އަށް ޕްރޮވިންސެއްގައި ކުރިއަށް ދިޔަ އިހުތިޖާޖުތަކުގައި އެތައް  ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ބެލެވޭ އިރު، މުޒާހަރާ ކުރި މީހުންގެ 1000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައި.“ ޖެނީވާގައި ނޫސްވެރިންނާ ބައްދަލުކުރަމުން އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާނު ރުޕަޓް ކޮލްވިލް ވިދާޅުވިއެވެ.

”ސުލްހަވެރި އެއްވުންތައް ރޫޅާލުމަށް ބާރުގެ ބޭނުންކުރުމުން އެއްކިބާވުމަށް އީރާނުގެ މަސްއޫލުވެރިންނަށާއި، ސަލާމަތީ ބާރުތަކަށް އަހަރުމެން ގޮވާލަން.“ އޭނާ އިތުރަށް ވިދާޅުވިއެވެ.

މުޒާހަރާކޮށް، ގައުމުގައި ހަމަނުޖެހުން އުފައްދާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަަމަށް ރިވޮލިއުޝަނަރީ ގާޑްސްއިން އިންޒާރު ދީފައިވާއިރު، ހަރުުކަށި މަސްްުއޫލުވެރިން ވަނީ މުޒާހަރާކުރާ މީހުން ދަން ޖައްސައި މަރުގެ އަދަބު ދިނުމަށް ގޮވައިލާފައެވެ.

 

އީރާނު ސަރުކާރުން ޕެޓްރޯލުގެ އަގު ބޮޑުކުރީ އެެމެރިކާއިން އަޅާފައިވާ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދަށް ކުރަމުންދާ އަސަރު ކުޑަކުރުމަށެވެ.

އީރާނުން ވަނީ މިމަހުހެ 15 ވަނަދުވަހު ޕެޓްރޯލް ވިއްކުން ކޮންޓްރޯލްކޮށް، ޕެޓްރޯލުގެ އަގު %50 ބޮޑުކޮށްފައެވެ.

ޕެޓްރޯލް ކޮންޓުރޯލުކޮށް އަމިއްލަ ކާރަކަށް މަހަކު ވިއްކުމަށް ހަމަޖެހިފައި ވަނީ 60 ލިޓަރު ޕެޓްރޯލެވެ. އަގުބޮޑުކުރުމުން ޕެޓްރޯލް ލިޓަރެއް ލިބޭނީ 15 ހާސް އީރާނު ރިޔާލު (0.13 އެމެރިކާ ޑޮލަރު) އަށެވެ. އުޅަނދަކަށް ކަނޑައެޅިފައިވާ މިންވަރު ހަމަވުމުން ދެން އެއުޅަނދަކަށް ޕެޓްރޯލް ވިއްކާނީ ލިޓަރެއް 30 ހާސް އީރާނު ރިޔާލު (0.26 އެމެރިކާ ޑޮލަރު) އަށެވެ.

ރަސްމީ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޕްލޭނިންގ އެންޑް ބަޖެޓް އޮގަނައިޒޭޝަންގެ ވެރިޔާ މުޙައްމަދު ބާޤިރު ނޯބަޚްތު ވިދާޅުވި ގޮތުގައި އަގަށް މިގެނައި ބަދަލުގެ ސަބަބުން އަހަރަކު 300 ޓްރިލިއަން އީރާނު ރިޔާލު (2،55 ބިލިއަން އެމެރިކާ ޑޮލަރު) ލިބޭނެކަމަށް ބެލެވެއެވެ.

އެމެރިކާއިން އަޅާފައިވާ ދަތިކުރުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާނުގެ ތެލުގެ އަގޮ ބޮޑުވެފައި ވާތީ އެކަމާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ގައުމުގެ އަމާންކަން ނަގާ ނުލެވޭނެ ކަމަށް ރައީސް ހަސަން ރޫހާނީ ވަނީ ވިދާޅުވެފައެވެ.

މުޒާހަރާގެ ބައިވެރިންނަށް އަމާޒު ކޮށް ރޫހާނީ ވިދާޅުވީ މުޒާހަރާ ކުރުމުގެ ނަންމަތީ ހަމަނުޖެހުން ހިންގާ ސަލާމަތީ ބާރުތަކާއި ތޮޅޭނަމަ މުޒާހަރާ ރޫޅާލަން ޖެހޭނެ ކަމަށެވެ.

އިރާނުގެ ސަރުކާރާ އެގައުމުގެ ލައްކައަކަށް ގާތްކުރާ ވަރަށް މީހުން ދަނީ މުޒާހަރާ ކުރަމުންނެވެ. ބައިވެރިން ވަނީ އިރާނުގެ 12 ބޭންކެއްގައި އަލިފާން ރޯކޮށްފަ އެވެ. އަލިފާން ރޯކުރި 1000 މީހަކު މިހާރު ވަނީ ހައްުޔަރު ކޮށްފަ އެވެ.

ގައުމު ނާމާންކަމަށް ވެއްޓެމުންދާތީ ރޫހާނީ، ޓީވީ މެދުވެރިކޮށް ވިދާޅުވީ، އެމެރިކާއިން އިރާނުގެ އިގްތިސޯދު ހަލާކުކޮށްލަން އުޅޭކަން ހުރިހާ މީހުނަށް ވެސް އެނގޭ ކަމަށެވެ. އަދި ކުއްލިއަކަށް ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެށުމަކީ ބޭރުގެ ނުފޫޒެއް އޮތްކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. އިތުރަށް ވިދާޅުވީ، ބޭރުގެ ނުފޫޒާއެކު ވެސް މުޒާހަރާ ކުރަން ޖެހޭނީ އިމުގެ ތެރެއިން ކަމަށެވެ.

އިރާނުގެ މުޒާހަރާއަށް ހުޅަނގުގެ މީޑިޔާތަކުން ކަވަރ ނުކުރާތީ އެގައުމުގެ ރައްޔިތުންދަނީ ކަނބޮޑުވުން ފާޅުކުރަމުންނެވެ.

1 ޚިޔާލު

  1. ސާބަސް އީރާނުގެ ސަރުކާރު ތިއޮތީ ޙައްގުގެ މަގުގައެވެ. މަމެންގެ ސަރުކާރު މިއޮތީ އެޔޯމެނަށް ވިކިފައެވެ.

Your email address will not be published.

More in ކުޑަ