ހދ އަތޮޅުގެ ބައެއް ރަށް ތަކަށް ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފު ޒިޔާރަތް ކުރައްވައިފިއެވެ.
އެގޮތުން މިނިސްޓަރ އަޙްމަދު މަހްލޫފް ވަނީ ހދ ހިރިމަރަދޫ، ހދ ފިނޭ، ހދ ނޮޅިވަރަމް، ހދ ނޮޅިވަރަމް ފަރަށް ވަޑައިގެންފައެވެ. މިރަށް ތަކަށް ވަޑައިގެން މިނިސްޓަރ މަހްލޫފު ވަނީ ރަށް ރަށުގެ ކައުންސިލާއި ޒުވާނުންނާއި ބައްދަކުރައްވައި އެރަށްރަށުގައި ހުރި އެދާއިރާގެ ދަތިތައް އޮޅުން ފިލުވައި، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މިނިސްޓަރ މަހުލޫފުގެ މިދަތުރުފުޅުގައި ވަނީ ރާއްޖޭގައި ފުރަތަމަ ބޭއްވެވި ބޯޗު ގޭމްސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފަވެ. މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ފަރާތުން އެރަށްރަށުގައި ކުރިތަށް ގެންދާ ޕްރޮޖެކްޓުތައް މަހުލޫފުވަނީ ބައްލަވާކައްވާއެވެ.
ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް ބޮޑު އިސްކަމެއް ދީގެން މިސަރުކާރުން ގިނަ މަސްރޫޢޫތަކެއް ހިންގުމަށް ވަނީ ބެޖެޓު ކޮށްފައެވެ،
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!