ކަލާފާނު ސްކޫލްގެ ފޭސްބުކް އެކައުންޓު ހެކްކޮށްފައިވާތީ ސަމާލުވާން އެދިއްޖެއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވީ، ކަލާފާނު ސްކޫލްގެ ފޭސްބުކް އެކައުންޓު ހެކްކޮށް އޭގެ ކޮންޓްރޯލް ގޮތް ނޭނގޭ ފަރާތަކުން ނަގާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ރިޕޯޓުކޮށް އެކަން ހައްލުކުރުމުގެ މަސައްކަތްވަނީ ފަށައިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
''މި ދަނޑިވަޅުގައި ސްކޫލުގެ ނަމުގައި އެ ފޭސްބުކު އެކައުންޓުން ލިޔާ ޕޯސްޓުތަކާއި ކުރާ ކޮމެންޓުތަކަކީ ކަލާފާނު ސްކޫލުން ކުރާކަމެއް ނޫންކަމުގައި ދަންނަވަން'' އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފަވެއެވެ.
ކަލާފާނު ސްކޫލްގެ ފޭސްބުކް އެކައުންޓު ހެކްކޮށް އޭގެ ކޮންޓްރޯލް ގޮތް ނޭނގޭ ފަރާތަކުން ނަގާފައިވާކަމުގެ މަޢުލޫމާތު ވަނީ މި މިނިސްޓްރީއަށް ލިބިފައެވެ. އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ރިޕޯޓުކޮށް އެކަން ހައްލުކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ. (1/2)
— Ministry of Education (@MoEdumv) December 30, 2022
ރާއްޖޭގައި ސަރުކާރުގެ އެކި އިދާރާތަކުގެ ވެބްސައިޓްތަކާއި، ރަސްމީ މީސް މީޑިއާ އެކައުންޓައް ހެކް ކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ. މިގޮތުން ކޯވިޑް-19 އެންމެ ބާރަށް ފެތުރު ދުވަސްވަރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ވެބްސައިޓް ހެކް ކުރުމުގެ މައްސަލައެއް ވެސް ފެންމަތިވިއެވެ. އަދި 2020 ވަނަ އަހަރު ހުޅުމާލޭ ރެހެންދި ސްކޫލްގެ ޕްރިންސިޕަލާއި އެ ސްކޫލްގެ ފޭސްބުކް އެކައުންޓް ހެކް ކުރި މައްސަލަ އެއް ފެންމަތިވެފައިވާއިރު އެ އަހަރު ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޓްވީޓާ އެކައުންޓް ހެކް ކުރި މައްސަލައެއް ވެސް ފެންމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!