ގއ. ދެއްވަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ.

Ad
rt

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 24.16 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ދެއްވަދޫގެ އުތުރު، އިރުމަތި އަދި ދެކުނު، ދެކުނު ފަރާތު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން 120 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި، ބޮޑުހިލައިގެ ވައި-ގްރޮއިން
ޤާއިމްކުރުމާއި ގޮނޑުދޮށް ވެލިން މުއްސަނދިކުރާނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ