ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ރަން ބާއްވައިފި

41657773-11C8-436D-86AC-02B2755D6936

ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ރަން ބާއްވައިފިއެވެ.

“ގޯލްޑަން ޖުބްލީ ރަން” ގެ ނަމުގައި އިއްޔެ ހަވީރު 16:30 ގައި ފެށިގެން ކުރިއަން ގެންދިޔަ މިޙަރަކާތަކީ ކުރިނބީގެ ތަޢުލީމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުނު ޙަރަކާތެކެވެ.

މިދުވުމުގެ ބައިވެރިންނަށް ކުރިނބީ ސްކޫލުން ވަނީ ބިބްސް ވިއްކާފައެވެ. ދަރިވަރުންނަށް 25 ރުފިޔާއަށް ބިބްސް ވިއްކާފައިވާއިރު، އާންމުންނަށާއި، ބެލެނިވެރިންގެ ބިބްސް އުޅެނީ 50 ރުފިޔާއަށެވެ. އަދި ނައިސް ބިބްސްގެ ނަމުގައި 100 ރުފިޔާއަށްވެސް ބިބްސް ވިއްކާފައިވެއެވެ.

ރަންޔޫބީލްގެ ގިނަ ޙަރަކާތްތަކެއް ކުރިނބީ ސްކޫލްގައި މިހާތަނަށް ހިންގާފައިވާއިރު، އޭގެ ތެރޭގައި ރަންޔޫބީލް ޤުރުއާން މުބާރާތް، ރަންޔޫބީލް މަދަހަ މުބާރާތް، ގޯލްޑެން ޖުބްލީ ސްޕޯޓްސް ފެސްޓިވަލް އަދި ގޯލްޑަން ޖުބްލީ އިންގްލިޝް ޑޭ ފަދަ ހަރަކާތްތައް ހިމެނެއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި