ކަރާޓީ ޗެމްޕިއަންޝިޕްގައި އިސްރާލް ބަލިކޮށް، މިސްރު ކުދިން އުފުލާލީ ފަލަސްތީނު ދިދަ

photo_2022-11-23 04.59.00

ދުނިޔޭގެ ޓްރެޑިޝަނަލް ކަރާޓީ ޗެމްޕިއަންޝިޕްގައި އުމުރުފުރާއިން އެއް ވަނަ އަދި ދެ ވަނައަށް ދިޔަ ކުދިންތަކެއް ފަލަސްތީނާއި އެކު ތިބިކަން ދައްކާލުމަށް އެ ގައުމުގެ ދިދަ އުފުލާލައިފި އެވެ.

މި މުބާރާތުގެ 15 އަހަރުން ދަށުގައި ބައިވެރިވި މި ދެ ކުދިންނަކީ މިސްރު ކުދިންނެވެ. އެ ކުދިން އެއް ވަނަ އަދި ދެ ވަނަ ހޯދީ އިސްރާއީލް ކުއްޖަކާ ވާދަކޮށްގެންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ކުދިން ވަނީ ވަނަ ހޮވުމުގެ ރަސްމިއްޔާތުގައި ކައިރީގައި ތިން ވަނަ ލިބުނު އިސްރާއީލް ކުއްޖާ އެ ގައުމުގެ ދިދަ ހިފައިގެން ހުއްޓައި، ފަލަސްތީނުގެ ދިދައިގެ ދެކޮޅުގައި ހިފައިގެން ފޮޓޯ ނަގާފައި އެވެ. އެ ދެ ކުދިން ނިސްބަތްވާ މިސްރު ދިދަ އޮތީ ދެކުދިންގެ ކަރުގައި އެލުވާލާފަ އެވެ.

އެ ކުދިންގެ ބޭނުމަށްވީ އެމީހުން ތިބީ ފަލަސްތީނު ރައްޔިތުންނާއި އެކުކަން ދުނިޔެއަށް ސާބިތުކޮށްދިނުމެވެ.

މި މުބާރާތް ކުރިޔަށް ދިޔައީ ސްލޮވީނިއާގައި އެވެ.

ހައްދުފަހަނަ އާޅާފައިވާ ޔަހޫދީން ގަދަބާރުން ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ މުސްލިމުންނަށް ކުރަންމުންދާ ދުއްތުރާތައް ކުއްވެރިކޮށް ފަލަސްތީނު ބާކީނުކޮށް އެމީހުންނާއި އެކު ތިބިކަން ދައްކާލުމަކީ ވަރަށް ގިނަ މުސްލިމް ގައުމުތަކުން ކުރާ ކަމެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *