ކުޅުދުއްފުށީގައި ހިންގާ ފްރީޑައިވް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައެއް މެންބަރުން، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް
ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައެއް މެންބަރުން، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ހދ.ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ފްރީޑައިވް ލެވެލް 1، ގެ ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދާ ކޯހެކެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ކުރައްވަންޖެހޭ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 26 ވަނަ ދުވަހުގެ 22:00 ގެ ކުރިން ސަބްމިޓް ކުރެއްވުމަށް އެ ކޮމެޓީން ވަނީ އެދިލައްވާފައެވެ.

ފޯމް: https://tinyurl.com/36ta7msr

މި ކޯހާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ ވިދާޅުވެފައި ވަނީ މި ކޯހުގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި، މި ކޯސް ފެށުމަށް މިހާރު ތާވަލު ކުރެވިފައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ފަށަން ހަމަޖެހިފައިވާ ތާރީޚަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ކޯހަށް ކުރިމަތި ލުމުގެ ޝަރުތުގެ ތެރޭގައި އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ބޭފުޅަކަށް ވުން ލާޒިމް ކޮށްފައިވާއިރު، ކޯހުން ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އަންހެން 10 ބައިވެރިންނާއި ފިރިހެން 5 ބައިވެރިން ހިމެނޭހެން ޖުމްލަ 15 ބައިވެރިންނަށެވެ.

ކޯހަށް ކުރިމަތިލާ ބައިވެރިން އެ އަދަދަށްވުރެ އިތުރުވެއްޖެ ނަމަ ބައިވެރިން ހޮވަން ހަމަޖެހިފައި ވަނީ ޤުރުއަތު ލައިގެންނެވެ.

ފްރީޑައިވިން އަށް އެ ބޭފުޅަކަށް އެކަށީގެންވާ މާސްކާއި ފިންސްފަދަ އާލާތްތައް ހޯދުމަކީ އެ ފަރާތެއްގެ އަމިއްލަ ޒިންމާއެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި