ރައްޔިތުންނަށް ފައިދާހުރި އިޖްތިމާޢީ ޕްރޮގްރާމްތަކާއި ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް ހއ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމައިފިއެވެ.
މި ޕްރޮގްރާމަށް ޕްރޮޕޯސަލް ފޯމް ހުށަހެޅުމުގެ ފުރުޞަތު ވަނީ އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލު ތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައެވެ.
ހއ. އަތޮޅު ކައުންސިލުން ވަނީ އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅާ ހަތް ރަށަކަށް މި އަހަރުތެރޭ ފައިސާ ދޫކުރުމަށް ނިންމާފައެވެ. މިގޮތުން މި ޕްރޮޖެކްޓްގެ ދަށުން ކޮންމެ ރަށަކަށް 100000 (އެއްލައްކަ) ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
ރައްޔިތުންނަށް ފައިދާހުރި އިޖުތިމާޢީ ޕްރޮގްރާމްތަކާއި ތަފާތު ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޕްރޮޕޯސަލް ފޯމް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ޕްރޮޕޯސަލް ފޯމް އެ އިދާރާއިންނާއި، އެ އިދާރާގެ ވެބްސައިޓުން ލިބިލައްވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!