ކަރަބޯ ކަޕް ނުވަތަ އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ރަނަރަޕް މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުން ލިވަޕޫލް ޖާގަ ހޯދާފައި ވަނީ ތިންވަނަ ބުރުގައި ކުޅުނު މެޗުގައި ޕެނަލްޓީގައި ޑާބީ ކައުންޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެންޗެސްޓާ ސިޓީ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައި ވަނީ ތިންވަނަ ބުރުގައި ޗެލްސީ ބަލިކޮގެންނެވެ.

Ad
rt

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ލިވަޕޫލެވެ. އެ ޓީމުން 9 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، މެންޗެސްޓާ ސިޓީން ވަނީ މި މުބާރާތް 8 ފަހަރު ކާމިޔާބު ކޮށްފައެވެ. ނަމަވެސް ފާއިތުވެދިޔަ އަށް އަހަރުތެރޭ މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ސިޓީންނެވެ. އެ ޓީމުން ފާއިތުވި އަށް އަހަރުތެރޭ ހަ ފަހަރު މި މުބާރާތް ކާމިޔަބު ކޮށްފައިވެއެވެ.

އަންނަ ޑިސެމްބަރ މަހުގެ ކުޅޭ މި މުބާރާތުގެ ހަތަރުވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ ބާންލީއާއި ދެކޮޅަށެވެ. ވުލްވްސް ބައްދަލުކުރާނީ ގިލިންހަމްއާއެވެ. ސައުތެމްޓަން ލިންކޮންއާއި ވާދަކުރައިރު، ބްލެކްބާން ރޯވާސް ނުކުންނާނީ ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށެވެ. ނިއުކާސަލްއާއި ބޯންމައުތު ވާދަކުރަން ޖެހުނުއިރު، ލެސެޓާ ސިޓީ ބައްދަލުކުރާނީ އެމްކޭ ޑޮންސްއާއެވެ. ޗާލްޓަން ބައްދަލުކުރާނީ ބްރައިޓަންއާއެވެ.