ހއ.މުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި، ހއ.އުތީމު، ސީވިއު، އަލްއުސްތާޛު ޙަސަން ފަޔާޟް، ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރައްވަން ނިންމަވައިފިި އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިކަން އިޢުލާންކުރައްވާފައިވަނީ މިއަދު އެވެ.
ޖޭއެސްސީން ވިދާޅުވީ، ޙަސަން ފަޔާޟް، ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރައްވަން ފައްޓަވާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މީގެ އިތުރުން ޖޭއެސްސީން ވިދާޅުވީ، ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން ކުރެވުނު އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ކޮމިޝަނަށް ލަފާ އަރުވާފައިވަނީ، ޙަސަން ފަޔާޟް މުރައިދޫ މެޖިސްޓްރޭޓް ކޯޓުން ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރެއްވުމަށް ކަމަށެވެ.
މީގެ ކުރިން ޖޭއެސްއީން ވަނީ، މެޖިސްޓްރޭޓުންގެ ތެރެއިން ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުވާން އެދޭ މެޖިސްޓްރޭޓުންނަށް އެފުރުސަތު ހުޅުވާލާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!