އައިއެމް ޕޮސިބްލް ކެމްޕެއިން ކުޅުދުއްފުށި ސިޓީގައި ފަށައިފި އެވެ.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީ އިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މަގުސަދަކީ ޕެރަލިމްޕިކް ވެލިއުސް އާއި ޕެރާ ސްޕޯޓްސް އާ ބެހޭ ގޮތުން ދަސްކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ފިޒިކަލް އެޑިއުކޭޝަނާއި ސްކޫލުގައި އެހެނިހެން ހަރަކާތްތަކުގައި ހިމަނަން ދަސްކޮށްދިނުމެވެ.

Ad
rt

އިއްޔެ ފެށި މި ޕްރޮގްރާމު މިރޭ ނިމޭއިރު، ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުގައި ހއ އަދި ހދ އަތޮޅުގެ 12 ސްކޫލަކުން 29 ޓީޗަރުން ވަނީ ބައިވެރިވެފަ އެވެ.

ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ މި ތަމްރީނަކީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ތަމްރީނެކެވެ.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީ އިން "ތިލަދުން" އަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ކުރުމަކީ 4 އަހަރު ދުވަހުގެ ތެރޭގައި ހިންގުމަށް ރާވާފައިވާ އައި.އެމް.ޕީ.އޯ.އެސް.ސީ.އީ.ބީ ކެމްޕެއިންގެ ކޮމްޕޯނެންޓެއް ކަމަށެވެ.

މި ޕްރޮގްރާމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މައުރޫފް އަޙްމަދާއި، އަފީފުއްދީން ސްކޫލްގެ މެނޭޖްމަންޓާއި ޕްރިންސިޕަލް ނާސިހާ އިދްރީސް ދެއްވި އެހޫތެރިކަމަށާއި އެއްބާރުލެއްވުމަށް އެކޮމެޓީން ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.