ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރެވުމުން އެ އެއާޕޯޓުގެ ފުލް ކެޕޭސިޓީގައި އެވްރެޖްކޮށް ދުވާލަކު 1180 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށް ބެލެވޭ ކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ފުރަތަމަ އަހަރު ޖުމްލަ ކެޕޭސިޓީގެ %20 ގައި އޮޕަރޭޓުކުރާނެ ކަމަށް ބެލެވޭ ކަމަށާއި އެގޮތުން 300 ފަސިންޖަރުން އަންނާނެ ކަމަށެވެ. އަދި މިހާރު ހުރި ބެޑު ކެޕޭސިޓީ އާއި އިތުރުވާނެ ބެޑު ކެޕޭސިޓީން އެމިންވަރަށް ބެޑު އެބަހުރި ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ވަޒީރު ވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެވިގެންދާއިރު، އެސަރަހައްދުގައި ފަތުރުވެރިކަމަށް އެކަށީގެންވާ މިންވަރަށް އެނދުތައް ހުންނާނެކަން ވެސް ފާހަގަކުރައްވާފަ އެވެ.
ބެޑު ކެޕޭސިޓީގެ އިތުރަށް ވެސް ފަތުރުވެރިކަން ކުރިއަރައިގެން ދިޔުމަށް ބޭނުންވާނެ އެހެން ވަސީލަތްތައް ވެސް ތަރައްޤީކުރުން މުހިންމު ކަމަށާއި އެގޮތުން ފެނާއި ނަރުދަމާ އާއި އިންޓަރނެޓުގެ ހިދުމަތާއި، ރެސްޓޯރެންޓު ފަދަ ޚިދުމަތްތައް ހުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!