ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ފޭދޫ ހޭންޑްބޯލް ޓީމުން ހޯދައިފިއެވެ.

މިއަދު ހަވީރު ޅައިމަގުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޭދޫއާއި ކަނޑިތީމެވެ. މި މެޗު 15 ލަނޑު 3 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލާފައި ވަނީ ފޭދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފޭދޫ ޓީމްގެ ޖޯޒީ ނަމްބަރު 10، ފާތިމަތު ޝިފާނާއެވެ.

Ad
rt

މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިން

އައިމިނަތު ރިޝްތާ (8) – ފޭދޫ

އައިޝަތު ވަލިއްޔާ (99) – މިލަންދޫ

އައިމިނަތު ނީރާ (12) – ކަނޑިތީމް

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް މިލަންދޫ ޓީމްގެ ކީޕަރު މަރިޔަމް ލަމްޔާ ހޮވިފައިވާއިރު، މުޅި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފޭދޫ ޓީމްގެ ޖޯޒީ ނަމްބަރު 10، ފާތިމަތު ޝިފާނާއެވެ.

މުބާރާތުގެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޅައިމަގު ޓީމްގެ ޖޯޒީ ނަމްބަރު 6، މަރިޔަމް ޝާލިނީއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފޭދޫ ޓީމްގެ ޖޯޒީ ނަމްބަރު 10، ފާތިމަތު ޝިފާނާއެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ ކަނޑިތީމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 (ތިރީސް ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 15000 (ފަނަރަ ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައެވެ.

މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.