ޗެމްޕިއަންސް ލީގުގައި ބުދަދުވަހުގެރޭ ކުޅުނުމެޗުން ސެލްޓިކް އަތުން 5-1 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ މުބާރާތުގެ އެންމެ ގިނަ މޮޅު ހޯދި ކޯޗުގެ ރެކޯޑެއް ހަދައިފިއެވެ.

މި ރެކޯޑް ކުރިން އޮންނަނީ ފާގަސަން އަތުގައެވެ. ފާގަސަންވަނީ ޗެމްޕިއަންސްލީގުގައި 102 މޮޅު ހޯދައިފައެވެ.

އިޓަލީ އަށް އުފަން އަންޗެލޮޓީ އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ ހަތަރު ފަހަރު (ރެއާލާ އެކު ދެ ފަަހަރު، އޭސީ މިލާނާ އެކު ދެ ފަހަރު) ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

Ad
rt

ރެއާލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ 21 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނެގީ ދެ ޕެނަލްޓީން ޖެހި ގޯލުންނެވެ. ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ލޫކަ މޮޑްރިޗް އެވެ. ދެވަނަ ޕެނަލްޓީ ކާމިޔާބު ކޮށް ރޮޑްރީގޯ ވަނީ ރެއާލަށް ލީޑުފުޅާކޮށްދީފަ އެވެ.

ދެ ވަނަ ހާފުގައި ރެއާލުން އިތުރު ތިން ގޯލު ޖެހިއިރު، މި ލަނޑުތައް ޖެހީ މާކޯ އަސެންސިއޯ އާއި ވިނީޝިއުސް ޖޫނިއާ އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު, ފެޑެރީކޯ ވަލްވޭޑޭ އެެވެ. ހިލޭ ޖެހުމަކުން ސެލްޓިކްގެ ހަމައެކަނި ގޯލު ޖެހީ ޖޮޓާ އެވެ.

ބުދަ ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަގެ ނަތީޖާ ތަށް
ޗެލްސީ 2-0 ޑައިނަމޯ
މެންޗެސްޓާ ސިޓީ 3-1 ސެވިއްޔާ
އޭސީ މިލާން 4-0 ރެޑްބުލް ސަލަޒްބާގް
ޖުވެންޓާސް 1-2 ޕީއެސްޖީ
ކޯޕެންހާގް 1-1 ޑޯޓްމަންޑް
ހައިފާ އެފްސީ 1-6 ބެންފިކާ