ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ހޭންޑްބޯލް މުބާރާތުގެ ފައިނަލުން ފޭދޫއާއި ކަނޑިތީމް ޖާގަ ހޯދައިފިއެވެ.
ކަނޑިތީމް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި ވަނީ ސެމީ ފައިނަލުގައި މިލަންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއަދު ހަވީރު ޅައިމަގުގައި ކުޅުނު މި މެޗުން ކަނޑިތީމުން މިލަންދޫގެ މައްޗަށް ކުރި ހޯދާފައި ވަނީ 9 ލަނޑު 5 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކަނޑިތީމްގެ ޖޯޒީ ނަމްބަރު 17، ސަމާހާ މުޙައްމަދެވެ.

ފޭދޫ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި ވަނީ ސެމީ ފައިނަލުގައި ޅައިމަގުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއަދު ހަވީރު ފޭދޫގައި ގުޅުނު މި މެޗުން ފޭދޫން ޅައިމަގުގެ މައްޗަށް ކުރި ހޯދާފައި ވަނީ 14 ލަނޑު 2 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފޭދޫ ޓީމްގެ ޖޯޒީ ނަމްބަރު 10، ފާތިމަތު ޝިފާނާއެވެ.

ކަނޑިތީމާއި ފޭދޫ ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވާ އާދީއްތަ ދުވަހުގެ ހަވީރު ޅައިމަގުގައެވެ.
މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!