ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ޅައިމަގު، ފޯކައިދޫ، ކަނޑިތީމް އަދި މިލަންދޫން ކާމިޔާބު ކޮށްފިއެވެ.
ގްރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫއާއި ގޮއިދޫއެވެ. މި މެޗު 6 ލަނޑު 4 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ފޯކައިދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފޯކައިދޫގެ ޖޯޒީ ނަމްބަރު 11، ފާތިމަތު ސަމަރަތެވެ. މިއަދު ހަވީރު މި ގްރޫޕްގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކަނޑިތީމާއި ބިލެތްފައްސެވެ. މި މެޗު 10 ލަނޑު 6 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ކަނޑިތީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކަނޑިތީމްގެ ޖޯޒީ ނަމްބަރު 12، އައިމިނަތު ނީރާއެވެ.
ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މާއުނގޫދޫއާއި ޅައިމަގެވެ. މި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ޅައިމަގުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޅައިމަގު ޓީމްގެ ޖޯޒީ ނަމްބަރު 6، މަރިޔަމް ޝާލިނީއެވެ. މި ގްރޫޕްގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ނަރުދޫއާއި މިލަންދޫއެވެ. މި މެޗު 7 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ މިލަންދޫންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މިލަންދޫ ޓީމްގެ ޖޯޒީ ނަމްބަރު 99، އައިޝަތު ވަލިއްޔާއެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ވެސް ކޮންމެ ގްރޫޕެއްގައި ދެ މެޗު ކުޅޭނެއެވެ. މާދަމާ ކުޅޭ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފޭދޫއާއި ބިލެތްފައްސެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަނޑިތީމާއި ގޮއިދޫއެވެ.

މާދަމާ ހަވީރު ގްރޫޕް ބީގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފުނަދޫއާއި މިލަންދޫއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މާއުނގޫދޫއާއި ނަރުދޫއެވެ.
މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ގްރޫޕެއްގައި ހިމެނޭ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ގްރޫޕް އޭގެ އެއްވަނަ ހޯދާ ޓީމް ސެމީގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ ދެވަނަ ހޯދާ ޓީމާއެވެ. އަދި ގްރޫޕް އޭގެ ދެވަނަ ހޯދާ ޓީމް ސެމީގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއެވެ.
މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!