ހދ. އަތޮޅުކައުންސިލް ވޮލީމުބާރާތް 2022 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ނޮޅިވަރަމް ކައުންސިލް ރިކްރިއޭޝަން ކްލަބް (ނޮޅިވަރަމް ސީއާރުސީ) އަށް ލިބުނު ފައިސާގެ އިނާމު ސްކޫލުގެ ޑިޖިޓަލައިޒް ޕްރޮގްރާމަށް ޓީވީގަތުމަށް ހަދިޔާކޮށްފިއެވެ.

މި މިބާރާތުގެ ޗެޕްޕިއަންކަން ހޯދި ނޮޅިވަރަމް ސީއާރުސީއަށް ފައިސާގެ އިނާމުގެ ގޮތުގައި 20،000 ރުފިޔާ ވަނީ ލިބިފައެވެ. ނޮޅިވަރަމް ކައުންސިލުން ވިދާޅުވި ގޮތުގައި ނޮޅިވަރަމް ސްކޫލުގެ ޑިޖިޓަލައިޒް ޕްރޮގްރާމަށް ޓީވީގަތުމަށް އެފައިސާ ސްކޫލަށް ހަދިޔާ ކުރަން އެ ކްލަބުން ނިންމައި އެ ފައިސާ ރޭ ވަނީ ހަވާލުކޮށްފައެވެ.

Ad
rt

މި ފައިސާއާއި ސްކޫލްގެ ފަރާތުން ހަވާލުވެލެއްވީ ސްކޫލްގެ ޕްރިންސިޕަލް ޢަދުނާން ޢަލީ އެވެ. މި ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ނޮޅިވަރަމް ސީއާރުސީގެ ކުޅުން ތެރިން ވެސް ބައިވެރިވި އެވެ.

އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނޮޅިވަރަންފަރުގައި ކުރިޔަށްގެންދިޔަ ''ހދ. އަތޮޅުކައުންސިލް ވޮލީމުބާރާތް 2022'' ގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް ކުޅެވުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. ފޯރިގަދަ މި މެޗްގައި ނޮޅިވަރަމް ޗެމްޕިއަންކަން ހޯދީ ނޮޅިވަންފަރު ސްޕޯރޓްސް ކުލަބާއި ބައްދަލުކޮށް ސީދާ 3 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ވާދަވެރި ކުޅުމަކަށްފަހު ފުރަތަމަ ސެޓް ނޮޅިވަރަމުން ގެންދިޔައީ 27-25 ން ނެވެ. ދެވަނަ ސެޓު 25-22 ން ދިޔައިރު ތިންވަނަ ސެޓު ގެންދިޔައީ 25-18 ން ނެވެ.

އެ މިބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުނީ ހޮނިހިރު ދުވަހު ހަވީރުއެވެ. މި މެޗުގައި ބައްދަލު ކުރީ ނޮޅިވަރަންފަރު ލައިކަން އާއި ޓީމް ހަނިމާދޫ އެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ނޮޅިވަރަންފަރު ލައިކަން ހޯދާފައިވަނީ ސީދާ ތިންސެޓުން ހަނިމާދޫ ބަލިކޮށްގެންނެވެ.