ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހިން ކާމިޔާބު ކޮށްފިއެވެ.

ގްރޫޕް އޭގައި މިއަދު ހަވީރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބިލެތްފައްސާއި ފޯކައިދޫއެވެ. މި މެޗު 10 ލަނޑު 4 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ބިލެތްފައްސެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބިލެތްފަހީ ޓީމްގެ ގޯލްކީޕަރ އައިމިނަތު ރިޝާނާއެވެ. މިއަދު ހަވީރު މި ގްރޫޕްގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ގޮއިދޫއާއި ފޭދޫއެވެ. މި މެޗު 18 ލަނޑު 3 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ފޭދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފޭދޫ ޓީމްގެ ޖޯޒީ ނަމްބަރު 8، އައިމިނަތު ރިޝްތާއެވެ.

Ad
rt

ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ނަރުދޫއާއި ޅައިމަގެވެ. މި މެޗު 7 ލަނޑު 6 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ނަރުދޫންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނަރުދޫ ޓީމްގެ ޖޯޒީ ނަމްބަރު 11، ސާޔާ ފައްތާޙްއެވެ. މި ގްރޫޕްގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފުނަދޫއާއި މާއުނގޫދޫއެވެ. މި މެޗު 12 ލަނޑު 1 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ފުނަދޫންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފުނަދޫ ޓީމްގެ ޖޯޒީ ނަމްބަރު 15، އައިމިނަތު ނަޖުމާއެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ވެސް ކޮންމެ ގްރޫޕެއްގައި ދެ މެޗު ކުޅޭނެއެވެ. މާދަމާ ކުޅޭ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގޮއިދޫއާއި ފޯކައިދޫއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަނޑިތީމާއި ބިލެތްފައްސެވެ.

މާދަމާ ހަވީރު ގްރޫޕް ބީގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާއުނގޫދޫއާއި ޅައިމަގެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ނަރުދޫއާއި މިލަންދޫއެވެ.

މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ގްރޫޕެއްގައި ހިމެނޭ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ގްރޫޕް އޭގެ އެއްވަނަ ހޯދާ ޓީމް ސެމީގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ ދެވަނަ ހޯދާ ޓީމާއެވެ. އަދި ގްރޫޕް އޭގެ ދެވަނަ ހޯދާ ޓީމް ސެމީގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއެވެ.

މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.