ކޮންމެ އަހަރަކުވެސް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ބޮޑު ޗުއްޓީ އާއި ދިމާކޮށް ބާއްވަމުން އަންނަ ހިތާނީ ކޭމްޕް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތައް މިއަހަރުގެ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ފެށިގެން 30 ޑިސެމްބަރުގެ ނިޔަލަށެވެ.

Ad
rt

މި ކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި ކޭމްޕާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ 6528864 ނަމްބަރާއި ގުޅުއްވުމަށް އެފަރާތުން އެދިފައި ވެއެވެ.