ހިިޔާލުފާޅު ކުރުމަކީ އެންމެ މުގައްދަސް އެންމެ ވަރުގަދަ ހައްގުކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ބޮޑު ތިލަދުން މަތީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެންމެފަހު މަންޒިލެއްގެ ގޮތުގައި މިއަދު ވަށަފަރުގައި ވާހަކަ ދައްވަމުން ވިދާޅުވީ، ވަށަފަރަކީ ޕީޕީއެމަށް ވަރަށް ޚާއްސަ ރަށެއް ކަމަށެވެ. އަދި އެރަށުގައި އަލަށް ޖަގަހައެއް ހުޅުވިގެން ދިޔަކަން ފާހަގަ ކުރައްވައި އެކަމުގައި އިސްކޮށް މަސައްކަތް ކުރެއްވި އަޙްމަދު ޣާލިބުގެ ނަން ފާހަގަ ކުރަށްވައި ޝުކުރު އަދާ ކުރެއްވިއެވެ.

Ad
rt

ރައީސް ޔާމީން ވިދާޅުވީ، ބޭރު ސިފައިން ތިބުމަށްވުރެ ބޮޑު ކަމެއް ރާއްޖެއަކު ނެތް ކަމަށެވެ. އަދި މި ސަރުކާރު ނެގެހެއްޓުމަށްޓަކައި ސަރުކާރުން އެދޭ އެދުމުގެ މަތިން އެކަން ކުރަމުން ދަނީ އިންޑިޔާ ސިފައިން ކަމަށް ވިދާޅުވިއެވެ. އަދި އެއީ ސަލާމަތްކަން އޮތް ކަމެއް ނޫން ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

އެވާހަކަ ހުއްޓުވުމަށް ރައީސުލްޖުމްޙޫރިއްޔާގެ ގަރާރެއް ވެސް ނެރުއްވަފާނެ ކަމަށާއި، ޚިޔާލުފާޅުކުރުމުގެ ފުރުސަތު މި ސަރުކާރުން ނުދޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

''ޚިޔާލުފާޅު ކުރުމަކީ އެންމެ މުގައްދަސް އެންމެ ވަރުގަދަ ހައްގު، އެއީ އިންސާނުންނަށް މާތް ﷲ ދެއްވި ނިޢުމަތް، އެ މަތީ ތިބުމަށް މާތް ﷲ އަމުރު ކުރަށްވާފަ ވެސް މިއޮތީ، އެހެންވީމަ އެ ޙައްޤު ކިހިނެއްތޯ ގަރާރަކުން ނިގުޅައި ގަންނާނީ'' ޔާމީން ވިދާޅުވިއެވެ.

ހައްގުތައް ހިފަހައްޓައިގެން އުޅެނީ ހައްގުތަކަށް ވަކާލާތު ކުރި މީހުން ކަމަށާއި، މި ސަރުކާރުގައި އުރަތްޕެއް ތާއީދެއް ނެތްކަން އިނގިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓްގައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަށްވާ ރައީސް ޔާމީން މިއަދު ވަށަފަރުގައި ދެއްކެވިވާހަކަފުޅުގައި ވަނީ ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުން އެ މައްސަލަތައް އަވަހަށް ނިންމައިދޭންޖެހޭނެކަމަށް ވެސް ވިދާޅުވެފަ އެވެ.