ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ފުޓްސަލް މުބާރާތުގެ ޕްލޭއޮފް ދެވަނަ މެޗު ގޮއިދޫއިން ކާމިޔާބު ކޮށްފިއެވެ.

ޕްލޭއޮފް ދެވަނަ މެޗުގައި މިއަދު ބައްދަލު ކޮށްފައި ވަނީ ޕްލޭއޮފް ފުރަތަމަ މެޗުން ބަލިވި ކޮމަންޑޫއާއި ގްރޫޕް ބީގެ ދެވަނަ ހޯދި ގޮއިދޫއެވެ. މި މެޗު މިއަދު ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ގޮއިދޫއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ގޮއިދޫ ޓީމްގެ ޖޯޒީ ނަމްބަރު 7، އިބްރާހީމް ރިފާޒްއެވެ.

Ad
rt

މާދަމާ ކުޅޭ ޕްލޭއޮފް ފަހު މެޗުގައި ބައްދަލުކުރާނީ ގޮއިދޫއާއި ނަރުދޫއެވެ. މި މެޗު ކާމިޔާބުކުރާ ބަޔަކަށް ސެމީގެ ފަހު ޖާގަ ކަށަވަރުވާނެއެވެ. މި މެޗު މާދަމާ ހަވީރު 16:30 ގައި ކުޅުމަށް ހަމަޖެހިފައި ވަނީ ފޭދޫ ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

މި ފިއެސްޓާގައި ފުޓްސަލް މުބާރާތުގެ އިތުރުން ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މިލައުތުރު ހޭންޑްބޯލް މުބާރާތް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލު ކޮށްފައެވެ. ށ. އަތޮޅުގެ 10 ރަށަކުން 10 ޓީމް ބައިވެރިވެފައިވާ ހޭންޑްބޯލް މުބާރާތް ފަށާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.