ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ އަކީ އުތުރުގައި އޮންނަ އިންޓަރނޭޝަނަލް އެއާޕޯޓު އޮންނަ ރަށެވެ. ކޮންމެ ދުވަހަކު އެތައްބަޔަކު ގޮސް އުޅޭ ރަށެކެވެ. ދުވާލަކު 5 ފްލައިޓް އޮޕަރޭޓް ކުރާ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ނުދާ ތިލަދުންމަތީ މީހަކު މަދުވާނެއެވެ. އެއާޕޯޓަށް ދަތުރު ކުރާ ފަރާތްތަކުން ބޭނުންކުރަން އެއާޕޯޓާއި ދާދި ކައިރީގައި އެއާޕޯޓު ޖެޓީ އެއް އޮވެއެވެ. ތިލަދުންމަތީ އެހެން ރަށްރަށު މީހުން ހަނިމާދޫ އެއާޕޯޓުން ޖެޓީއަށްދާން ޓެކްސީ އެއް ބޭނުމެއް ނުވެއެވެ. ހިނގާފައި 5 ވަރަކަށް މިނެޓުން ޖެޓީ އަށް ދެވެއެވެ.

އެހެންކަމުން ހަނިމާދޫ އެއާޕޯޓަށް ދިޔަކަމުގައިވިޔަސް އެރަށު ތެރެ އޮންނަ ގޮތް ނޭނގި ދާނެއެވެ. އެއާޕޯޓުން ޖެޓީ އަށް ދާއިރު އޮންނަނީ ރީތިކޮށް ތާރު އަޅާފައެވެ. ދައްކަން މިއުޅެނީ ދާދިފަހުން ފޭސްބުކް އިން ފެނުނު ވަރަށް ރީތިކޮށް ނަގާފައިހުރި ފޮޓޯ ތަކެއްގެ ވާހަކައެވެ.

Ad
rt

ރީތިކޮށް ނަގާފައިވާ މިފޮޓޯ ތަކުން ފެންނަނީ ހދ ހަނިމާދޫ މަގުތަކެވެ. ވާރޭ ވެހި ފެންހެދިފައިވާ މަގުތަށް ބޭނުން ނުކުރެވޭ ވަރަށް ހާލަތު ދެރައެވެ. ބައެއް ސަރަހައްދު ތަކުން ހިނގާފައި ދެވޭނީ ޗަކަ ފެންގަނޑުގައި ފައި ޖައްސައިގެނެވެ.

ޕޭވްމަންޓު ހަދާފައިވާ މަގެއްގެ ފޮޓޯވެސް ފެނެއެވެ. ޕޭވްމަންޓުން ހިނގާފައި ދެވުނަސް މަގު ގައި އޮތޯ ޗަކަ ފެންގަނޑެވެ. މަގު ހުރަސް ކުރާނަމަ ޖެހީނީ ޗަކަ ފެންގަނޑަށް ފައިބާށެވެ. މި ފޮޓޯއިން އަދި ފެންނަ އެހެން ކަމެއް އެބައޮތެވެ. މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުރި މީހުން ނޫޅޭ ގެވަޅެކެވެ. މަގުގެ އެ ގެވަޅާއި ވީ ފަރާތުން ނުހިނގޭ ވަރަށް ވިނަފަޅާވަނީ ވައު ވެފައެވެ.

ފޮޓޯތަށް ރީއްޗަސް މަގުތަށް މިއޮތީ ވަރަށް ހަޑިކޮށެވެ. ވާރޭ ވެހި ފެންގަނޑު ނުހިނދި މަގުތައް ޗަކަ ވެފައެވެ. މާލެވެސް ވަރަށް ކުރިން ހަމަ އޮތީ މިގޮތަށެވެ. ތަފާތުކުރުން ގެންގުޅުނަސް މިއީ ބޮޑުވަރެވެ.

2014 ވަނަ އަހަރުން ފެށިގެން ހަނިމާދޫ މަގުހަދާ ވާހަކަ ދައްކައެވެވެ. އޭރު އަދި މާލޭގެ އެއްވެސް މަގެއްގައި ތާރު އަޅާ ވާހަކަ ނުދައްކައެވެ. އެހެން ނަމަވެސް ހަނިމާދޫ މަގުތަށް އެ އޮތް ގޮތަށް އޮތްވާ މާލޭގައި މިކަން ކޮށް ނިންމާލިތާ މިހާރު ކޮން ދުވަހެއް ހެއްޔެވެ. ހަނިމާދޫގެ މަގުތަށް ތާރު އެޅުމުގެ ގޮތުން 2014 ވަނަ އަހަރުގެ ފެބްރުއަރީގައި ވަނީ އެމްއާރުޑީސީ އާއި ހަވާލުކޮށްފައެވެ. އެހެން ނަމަވެސް ފަހުން އެމްއާރުޑީސީ އުވާލައި އެ ހުރިހާ މަޝްރޫއެއް ހަވާލު ކޮއްފައިވަނީ ޕަބްލިކް ވާކްސް އަށް 2018 ގައެވެ.

މީގެ 5 މަސް ދުވަސް ކުރިން 2019 މެއި 22 ވަނަ ދުވަހު ހަނިމާދޫ މަގުތައް ހެދުމަށް އެމްޓީސީސީ އާއި ވަނީ ހަވާލު ކުރެވިފައެވެ. އެމްޓީސީއާއި މި މަސައްކަތް ހަވާލު ކޮށްފައިވަނީ 240 ދުވަސް (8 މަސް) ތެރޭގައި ނިންމުމަށް 46799227.79 ރުފިޔާ އަށެވެ.

މިއީ ރާއްޖޭގެ ގިނަ ރަށްރަށުގެ މަގުތަކުގެ ހާލާތެވެ. މާލޭ މަގުތަކުގައި ގައު އަޅާ ބައެއް މަގުތަކުގައި ތާރު އަޅާފައި ހުއްޓަސް ރާއްޖެތެރޭގެ މަގުތަށް މިއޮންނަނީ ވަރަށް ހާލުގައެވެ. މިއީ ސަރުކާރުތަކުން ވެފައިވާ ވަރަށްވެސް ބޮޑު އިހުމާލެކެވެ.