ހޯރަފުށީ ކައުންސިލާއި ހޯރަފުށީ ކޮމިޔުނިޓީ ސެންޓަރާއި ހަހެތި ޓިމް ގުޅިގެން ޒުވާނުންނަށް ބޭއްވި ޕީއެސް މުބާރާތް ނިންމާލައިފިއެވެ.
ހޯރަ ޕީއެސްގެ ނަމުގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި މުބާރާތުގެ އެއްވަނަ އަށް 1000 ރުފިޔާ އަދި ދެވަނަ އަށް 500 ދީފައިވެއެވެ.
ޖުމްލަ 15 ކުޅުންތެރިންނާއި އެކު ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޕީއެސް ކިންގްގެ މަގާމު ލިބިފައިވަނީ އިބްރާހިމް ހުޝާމްއަށެވެ. މި މުބާރާތުގެ ދެވަނަ ލިބިފައިވަނީ މުހައްމަދު ޝިފާޒްއަށެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހޯރަފުށީ ކޮމިއުނިޓީ ސެންޓަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!