60 ދަރިވަރުންނާއެކު "ދަރުމަ" ގުރްއާން ހަރަކާތް ހއ. އިހަވަންދޫގައި އިފްތިތާހު ކޮށްފި އެވެ.
ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤްރުއާން ހަރަކާތް އިފްތިތާޙްކޮށްފައިވަނީ އެކަމަށް ހާއްސަކޮށްގެން އިހަވަންދޫ ސްކޫލުގައި ކުރިޔަށްގެންދިޔަ ޙަފްލާގަ އެވެ.
އިހަވަންދޫ ހޯރަ އިބްރާހިމް މޫސާ އިސްނަންގަވައިގެން ދަރުމަވެރިއެއްގެ އެހީތެރިކަމާއިއެކު ކުރިޔަށްގެންދާ ހަރަކާތް ފެށުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން އިބްރާހިމް މޫސާ ވަނީ މި ހަރަކާތަކީ އަދި ފެށުމެއް ވިދާޅުވެފައެވެ.
"އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައި މިހަރަކާތް މިއަށްވުރެ ފުރިހަމަކުރުމަށް މަސައްކަތް ކުރާނަން." އިބްރާހިމް މޫސާ ވިދާޅުވި އެވެ.
''ދަރުމަ'' އިގެ ދަށުން މިއަހަރު އިހަވަންދޫގެ 60 ކުއްޖަކަށް ހިލޭ ޤުރުއާން ކިޔެވޭނެ މަގު ހަމަޖައްސާފައިވާއިރު، އިހަވަންދޫގައި ޤުރުއާން ކުލާސް ހިންގާ ހަތަރު މުދައްރިސުންނަށް އެ 60 ކުދިން ކޮންމެ މުދައްރިސަކަށް 15 ކުދިންގެ މަގުން ވަނީ ބަހާލާފަ އެވެ.
މި ކްލާސްތައް ނަންގަވައިދެއްވާ މުދައްރިސުންނަމީ ހަލީމަތު ޖައުދާ، މަރިޔަމް އިބްރާހިމް، ޒުހައިރާ އަބުދުލް ވައްހާބު އަދި މަރިޔަމް އަޒީމާ އެވެ.
މިއަހަރު މިހަރަކާތުގެ ދަށުން ހިލޭ ޤުރުއާން ކިޔެވުމުގެ ފުރުސަތު ދީފައިވާ 60 ކުދިންގެ ނަމާއި އެކުދިންގެ މުދައްރިސުންގެ ނަން ރޭގެ ހަފުލާގައި އިއުލާންކޮށްފައިވާއިރު، ރޭގެ ހަފްލާގެ ޝަރަފުވެރި މެހެމާން، އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ރަޝީދު ވަނީ އެހެން އިލްމުތައް ދަސްކޮށްދިނުމަށް ކުރާ މަސައްކަތަށްދޭ އަހަންމިއްޔަތަށްވުރެ އިތުރު އަހައްމިއްޔަތެއް ޤުރުއާނުގެ އިލްމް އުނގެނުމަށް ދިނުމަށް އިރުޝާދުދެއްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!