ސްޓެލްކޯގެ އެހީއާއެކު، ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދީފި
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ، ސްޓެލްކޯގެ އެހީއާއެކު ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދީފިއެވެ. ކުޅުދުއްފުށްޓަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 7 ޖަނެރޭޓަރުގެ ތެރެއިން 3 ޖެނެރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމުގެ ސަބަބުން މިއަދު ހެނދުނު ކުޅުދުއްފުށިން އެއްކޮށް ވަނީ ކަރަންޓު ކަނޑައިގެން ގޮއްސައެވެ. އެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވުނީ މިރޭ 8:10 ހާއިރު ކަމަށް ކުޅުދުއްފުށްޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ. މި ފުރުސަތުގައި ހދ.ކުޅު...