ސްޓެލްކޯގެ އައު މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، މާވެޔޮ މަގު މިސްކިތް ކަންމައްޗަށް ވާ ގޮތަށް ހުރި ޓްރާންސްފޯމަރު ނަގައިފިއެވެ.

މިއީ މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެން ފަހުމީ އެންމެ ފުރަތަަމަ ފެއްޓެވި މަސައްކަތެވެ. މި ސަރުކާރުގައި ސްޓެލްކޯ ހިންގަން ހަވާލުކުރި ފަހުމީ އެ ދުވަހުގެ ހަވީރު ޓްރާންސްފޯމަރު ހުރި ސަރަހައްދަށް ވަޑައިގެން، އެ ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތް ފެއްޓެވިކަން އިއުލާން ކުރެއްވިއެވެ.

Ad
rt

ފަހުމީ ވަނީ މި އަހަރު ނިމުމުގެ ކުރިން އެ ޓްރާންސްފޯމަރު އެ ތަނުން ނަގައި އެހެން ތަނަކަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވއ.

މި ޓްރާންސްފޯމަރުގެ ސަބަބުން ހިނގައިބިނގާވެ އުޅޭ މީހުންނާއި ވެހިކަލްތަކަށް ބޮޑެތި އުނދަގޫތަކެއް ދިމާވެއެވެ. އެކަމުގެ ކަންބޮޑުވުން ސްޓެލްކޯއާ ހިއްސާ ކުރި ނަމަވެސް މިހާތަނަށް އެކަމަށް އޮތީ ހައްލެއް ނުލިބިއެވެ.

ފަހުމީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ދެއްވި އިރުޝާދުތަކާ އެކު ރައްޔިތުންނަށް ތަކުލީފަކަށް ވި، ޓްރާންސްފޯމަރުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުމަތިން ނަގާފައިވާ ކަމަށެވެ. އަދި އާ އަހަރާއެކު، އެއްވެސް ހުރަހެއްނެތި އެ މަގުން ދަތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.