ރ. ދުވާފަރުގެ ކަރަންޓަށް ދިމާވި މައްސަލަ ސްޓެލްކޯގެ އެހީތެރިކަމާއެކު ހައްލުކޮށް ދީފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ އިންޖީނިއަރިން ޓީމުގެ އެހީތެރިކަމާއެކު، މިއަދު ހެނދުނު 6:30 ހާއިރު ރ. ދުވާފަރުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ވަނީ ކަރަންޓު ދީފައި ކަމަށެވެ.
ރައްޔިތުންނަށް އެ ކުންފުނީގެ ބޭނުން ޖެހޭ މިފަދަ ކޮންމެ ދަނޑިވަޅެއްގައި، އެއީ ޤައުމީ މަސައްކަތެއް ކަމުގައި ދެކި، ކުންފުނީގެ މުވައްޒަފުން ކުރައްވަމުންގެންދަވާ އިޚްލާސްތެރި މަސައްކަތްތަކަށް ފަޚުރުވެރިކަމާއި ސާބަހާއިއެކު ޝުކުރުއަދާކުރައްވާކަމަށް ފަހުމީ ވިދާޅުވެފަވެއެވެ.
''ސްޓެލްކޯ ވާނީ އަބަދުވެސް ރައްޔިތުންނާއެކު، އެ ރައްޔިތުންގެ ޚިދުމަތުގައި'''ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯގެ އިންޖީނިއަރިންގ ޓީމުގެ އެހީތެރިކަމާއެކު، މިއަދު ހެނދުނު 6:30 ހާއިރު ރ. ދުވާފަރުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ވަނީ ކަރަންޓުދެވިފައި. ރައްޔިތުންނަށް އަޅުގަނޑުމެންގެ ބޭނުން ޖެހޭ މިފަދަ ކޮންމެ ދަނޑިވަޅެއްގައި، އެއީ ޤައުމީ މަސައްކަތެއް ކަމުގައި ދެކި،… https://t.co/pUwIAKthmh
— Hussain Fahmy (@u09HussainFahmy) February 18, 2024
ދުވާފަރުގެ ގިނަ އަދަދެއްގެ ގޭ ބިސީތަކަކުން އިއްޔެ ވަނީ ކަރަންޓު ކެނޑިފައެވެ. އެކަން ދިމާވީ ކޭބަލަކަށް ދިމާވި މައްސަލައަކުންކަމަށް އިނގިފަވެއެވެ.
ދުވާފަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ފެނަކައިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!