މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

938 Stories filed
ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން، ރަށްރަށުގެ ޢާންމު ޞިއްޙީ ނިޒާމު ހަރުދަނާވެގެންދާނެ: ރައީސް
Raajje

ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން، ރަށްރަށުގެ ޢާންމު ޞިއްޙީ ނިޒާމު ހަރުދަނާވެގެންދާނެ: ރައީސް

ލާމަރުކަޒީ ޤާނޫނަށް ގެނައި މުހިންމު ބަދަލުތަކުގެ ސަބަބުން، ރަށްރަށުގެ ޢާންމު ޞިއްޙީ ނިޒާމު ހަރުދަނާވެގެންދާނެ ކަމަށާ އަދި ރައްޔިތުންނަށް ދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މި އިލްތިމާސްކުރެއްވީ ލ. ހިތަދޫގައި ޞިއްޙީ ޚިދުމަތް ދޭންފެށިތާ 50 އަހަރުފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އެރަށ...

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސް ތަޞްދީޤު ކުރައްވައިފި
Raajje

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސް ތަޞްދީޤު ކުރައްވައިފި

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި އާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ މިއަހަރުގެ ޑިސެންބަރު މަހުގެ 04 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 75 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. އާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ބިލުގެ ދަށުން ފަރުދު...

ކޮންމެ ރަށެއްގައި ކޮންމެ ކަމެއް ކުރިޔަސް، ރައްޔިތުންގެ ވިސްނުމާ ފިކުރާއި ވިންދު އޮތްގޮތް އަޅުގަނޑުމެން ބަލަންޖެހޭ
Raajje

ކޮންމެ ރަށެއްގައި ކޮންމެ ކަމެއް ކުރިޔަސް، ރައްޔިތުންގެ ވިސްނުމާ ފިކުރާއި ވިންދު އޮތްގޮތް އަޅުގަނޑުމެން ބަލަންޖެހޭ

ކޮންމެ ރަށެއްގައި ކޮންމެ ކަމެއް ކުރިޔަސް، ރައްޔިތުންގެ ވިސްނުމާ ފިކުރާއި ވިންދު އޮތްގޮތް އަޅުގަނޑުމެން ބަލަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ “ވިއަވަތި ރާއްޖެ” މަޝްވަރާ ބައްދަލުވުން ނިންމުމުގެ ގޮތުން، އެބައްދަލުވުމުގެ ބައިވެރިންނާއި މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ‎މިބައްދަލުވުން ނިންމުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގިނަ އަދަދެއްގެ...

ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުން: އަންނަމަހާއި އަންނަ ހަފްތާ ނިމި ދެތިން ދުވަހުގެ އިންތިޒާރަކަށް!
Thiladhunmathi News

ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުން: އަންނަމަހާއި އަންނަ ހަފްތާ ނިމި ދެތިން ދުވަހުގެ އިންތިޒާރަކަށް!

ތިލަދުންމަތީ ދެކުނުބުރި (ހދ) ގެ ތިން ރަށެއް ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް އަންނަ ހަފްތާގައި ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަނެއްކާވެސް މިވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސިލަރުން ބައިވެރިވެގެން، “ވިޔަވަތި ރާއްޖޭ”ގެ ނަމުގައި މިއަދު ކްރޮސް ރޯޑްގައި ފެށި މަހާސިންތާގެ ތެރެއިން އެމަނިކުފާނު ޗެއާކުރެއްވި ޕެނަލް ޑިސްކަޝަންގައި ހދ އަތޮޅު ކައުންސިލްގެ ފަރާތުން ކުރިމަތިކުރި ސުވާލުތަކާ ގުޅިގެން، ރައީސް ސޯލިހު ވިދާޅުވީ...

ވެރިކަމުގެ ލައްޒަތާއި ޖާހު މަތިކުރުމަށްޓަކައި، ބާރުތައް މުށުތެރެއަށް ނުލާނަން: ރައީސް
Raajje

ވެރިކަމުގެ ލައްޒަތާއި ޖާހު މަތިކުރުމަށްޓަކައި، ބާރުތައް މުށުތެރެއަށް ނުލާނަން: ރައީސް

ވެރިކަމުގެ ލައްޒަތާއި ޖާހު މަތިކުރުމަށްޓަކައި، ބާރުތައް މުށުތެރެއަށް ލުމަކީ، މިސަރުކާރުން ކުރާނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު މިއަދު މެންދުރުފަހު ކޮރޮސްރޯޑް މޯލްޑިވްސްގައި ފެށި “ވިއަވަތި ރާއްޖެ” މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްވަރާ ބައްދަލުވުމަކީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާ...

ކައުންސިލްތަކަށް ބޮޑެތި ބާރުތަކާއި މާލީ ބާރުވެރިކަންލިބޭ ލާމަރުކަޒީ ގާނޫން ތަސްދީގު ކުރައްވައިފި
Raajje

ކައުންސިލްތަކަށް ބޮޑެތި ބާރުތަކާއި މާލީ ބާރުވެރިކަންލިބޭ ލާމަރުކަޒީ ގާނޫން ތަސްދީގު ކުރައްވައިފި

ކައުންސިލްތަކަށް ބޮޑެތި ބާރުތަކާއި މާލީ ބާރުވެރިކަންލިބޭ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ. President @ibusolih has this afternoon at the, Viavathi Councillor’s Forum, ratified the 8th amendment to Law no 7/2010 Decentralisation Act of the Maldives. pic.twitter.com/QUfaut7IqL — Mabrook Azeez (@MvSpokesperson) December 15, 2019 ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ ފާސްކޮށްފައިވަނީ މިމަހުގެ ފަސްވަނަ […]

ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
Raajje

ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ރިޕަބްލިކް އޮފް ބަލްގޭރިއާގެ އިތުރުން ދަ ކިންގްޑަމް އޮފް ޑެންމާކް އަދި ރިޕަބްލިކް އޮފް އަޔަލެންޑުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުތައް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ބަލްގޭރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާސަފީރު ހަރ އެކްސެލެންސީ އެލިއެނޮރާ ޑިމިޓްރީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރ...

Raajje

ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު ކުރެހުމުގެ މައުރަޒަށްް ރައީސް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، “ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު”ގެ ނަމުގައި އީގާން ބަދީއު ބާއްވާ ކޮންޓެމްޕޮރަރީ އާރޓް އެގްޒިބިޝަން އިއްޔެ ހަވީރު ބައްލަވާލައްވައިފިއެވެ. ޑިސެމްބަރުމަހުގެ 7 އިން 11 ނިޔަލަށް ނެޝަނަލް އާރޓް ގެލެރީގައި ކުރިޔަށްދާ މި އާރޓް އެގްޒިބިޝަނަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވިއެވެ. މި މައުރަޒުގައި ފެންކުލައިން ކުރަހާފައިވާ 11 ކުރެހުމަކާއެކު ޖުމްލަ 30 ކޮންޓެމްޕޮރަރީ އާރޓް ޕީސް...

ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް ޒިޔާރަތްކުރެއްވުމުގެ ޕްރޮގްރާމެއް ރައީސް ފަށްޓަވައިފި
Raajje

ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް ޒިޔާރަތްކުރެއްވުމުގެ ޕްރޮގްރާމެއް ރައީސް ފަށްޓަވައިފި

ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތް ކުރިޔަށްދާ މިންވަރު ބައްލަވައިލެއްވުމަށާއި، މުވައްޒަފުންނާ ބައްދަލުކޮށްލެއްވުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްގެ ދަށުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަ...

ފުރަތަމަ 100 ދުވަސް ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އެޅުނު- ރައީސް
Raajje

ފުރަތަމަ 100 ދުވަސް ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އެޅުނު- ރައީސް

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އެޅުނު ކަމަށް ރައީސް އިބްރާހިމް ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ އެންޓިކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެންޓިކޮރަޕްޝަން ކޮމިޝަނުން ޝާއިއު ކުރާ “ބިތުފަންގި” ބުލެޓިންގެ ހާއްސަ އަދަދަށް ރައީސުލްޖުމްހޫރިއްޔާ ދެއްވެވި ޚިތާބުގައެވެ. ރައީސް ވިދާޅުވީ، “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން”ގެ ސިޔާސަތުގެ ދަށުން، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރަން ވަނ...

އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ ސަރުކާރާއި އަމިއްލަ ކުންފުނިތައް އެއް މިސްރާބަކަށް އަމާޒު ހިފައިގެން- ރައީސް
Raajje

އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ ސަރުކާރާއި އަމިއްލަ ކުންފުނިތައް އެއް މިސްރާބަކަށް އަމާޒު ހިފައިގެން- ރައީސް

ހީނަރުވަމުން އަންނަ މަސްވެރިކަމުގެ ޞިނާޢަތް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ، ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި، ވިޔަފާރިތައް އަތާ އަތް ގުޅާލައި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ހުޅުމާލޭގައި ހުންނަ އެންސިސްގެ 100-ޓަނުގެ އައިސް ޕްލާންޓާއި އެންސިސް މަސް ކާރުޚާނާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނ...

ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވާނަމަ ޙިއްޞާކުރެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި
Raajje

ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވާނަމަ ޙިއްޞާކުރެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މަޤާމެއްގައި ހުރި އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ޚިޔާނާތްތެރިވާ ނަމަ، އެކަން ސިއްރުނުކޮށް، ކަމާ ގުޅޭ އިދާރާތަކާ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި، ޤައުމެއްގެ މުއްސަ...

ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރި އިސްލާހު ތަސްދީގުކޮށްފި
News

ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރި އިސްލާހު ތަސްދީގުކޮށްފި

ލޯކަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ. މި އިސްލާހު މަޖިލީހުން ފާސްކުރީ މި މަހުގެ ތިންވަނަ ދުވަހުއެވެ. އިސްލާހު ފާސްވީ 69 މެންބަރުންގެ ވޯޓުންނެވެ. ބިލް މަޖިލިހުން ފާސްކުރީ އިތުރު ދެ އިސްލާހާއެކުއެވެ. އެގޮތުން ފުރަތަމަ އިސްލާހަކީ އެ ބިލަށް އަމަލު ކުރަން ފަށާނީ ބިލް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށެ...

Raajje

އުއްތަމަ ފަނޑިޔާރާއި ސްޕްރީމު ކޯޓަށް ފަޑިޔާރަކު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އުއްތަމަ ފަނޑިޔާރުކަމަށް، މާފަންނު ގުލްފާމްގެ އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، އައްޑޫ ސިޓީ މީދޫ، ހަސަންކާރިގެ އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދު މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި 2 ބޭފުޅުން މަޤާމުތަކަށް ޢައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރައީސުލްޖުމްހޫރިއްޔާ، އުއްތަމަ ފަނޑިޔާރުކަމަށް، އޮނަރަބަލް އަލްއުސްތާޛު...

ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
Raajje

ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

އާޖެންޓީނިއަން ރިޕަބްލިކާއި ރިޕަބްލިކް އޮފް ސައިޕްރަސްގެ އިތުރުން ދަ ކިންގްޑަމް އޮފް ދަ ނެދަލޭންޑްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުތައް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އާޖެންޓީނާގެ އާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ޑެނިއަލް ޗުބޫރޫއާއި...