މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

938 Stories filed
މުލިއާގެއަކީ މިރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީޚާއި ގުޅިފައިވާ ސަގާފީ ތަރިކައެއް: ރައީސް
Raajje

މުލިއާގެއަކީ މިރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީޚާއި ގުޅިފައިވާ ސަގާފީ ތަރިކައެއް: ރައީސް

މުލިއާގެއަކީ މިރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީޚާއި ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެންޖެހޭ ތަނެއްކަމުގައި ދެކެވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މުލިއާގެއަށް 100 އަހަރުފުރުމުގެ މުނާސަބަތުގައި މިރޭ މުލިއާގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މުލިއާގެއަކީ ތާރީޚެއް އޮތްތަނެއް ކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ މުލިއާގޭގައި ދައުލަތުގެ އެތައް ވުޒާރާއެއް ހިންގެވުމުގ...

ގޯ ގްރީން ކެމްޕެއިން ރައީސް ފަށްޓަވައިދެއްވައިފި
Raajje

ގޯ ގްރީން ކެމްޕެއިން ރައީސް ފަށްޓަވައިދެއްވައިފި

ކްލީން މޯލްޑިވްސް ޖަމިއްޔާގެ ގޯ ގްރީން ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ފަށްޓަވައިދެއްވައިފިއެވެ. ހުޅުމާލޭ ފޭސް ދޭއް ސަރަޙައްދުގައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވި މި ހަރަކާތަކީ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ކްލީން މޯލްޑިވްސްގެ ފަރާތުން އިސްނަގައިގެން ހިންގާ ހަރަކާތެކެވެ. މި ހަރަކާތް ފަށްޓަވައިދެއްވުމުގެ ގޮތުން ހުޅުމާލޭ ފޭސް ދޭއްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރުކެއް އިންދަވާދ...

"ފިޝަރީޒް އެކްސްޕޯ 2019" ރައީސް ހުޅުއްވައިދެއްވައިފި
Raajje

"ފިޝަރީޒް އެކްސްޕޯ 2019" ރައީސް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފިޝަރީޒް އެކްސްޕޯ 2019 ހުޅުއްވައިދެއްވައިފިއެވެ. ފިޝަރީޒް އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ މަހުގެ އުފެއްދުންތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި ބައެއް އީޖާދީ އުފެއްދުންތަކުގެ އިތުރުން ކުންފުނިތަކުން މަސްވެރިކަމުގެ ދާއިރާގައި ދެމުންގެންދާ ބައެއް ޚިދުމަތްތައް ބައްލަވާލައްވައި އެކްސްޕޯގެ ބައިވެރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ. ފިޝަރީޒް އެކްސްޕޯއަކީ ދިވެހިރާއ...

ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ޤައުމީ ކެޑޭޓް ކޭންޕަށް ރައީސް ޒިޔާރަތްކުރައްވައިފި
Raajje

ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ޤައުމީ ކެޑޭޓް ކޭންޕަށް ރައީސް ޒިޔާރަތްކުރައްވައިފި

ޤައުމީ ކެޑޭޓް ކޯގެ ސުޕްރީމް ކޮމާންޑަރ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ޤައުމީ ކެޑޭޓް ކޭންޕަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ކޭންޕު ކުރިއަށްދާގޮތް ބައްލަވާލައްވައި، ކޭންޕުގެ ތެރެއިން ކެޑޭޓުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ބައެއް ކްލާސްތައް ކުރިޔަށްދާގޮތް ވެސް ބައްލަވާލެއްވިއެވެ. މިއަހަރުގެ ޤައުމީ ކެޑޭޓް ކޭންޕު ކުރިއަށް ދަނީ މިމަހުގެ 1 އިން 12 އަށް އެމް.އެން.ޑީ.އެފް.ގެ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެ...

އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީކުރަން ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި
Business

އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީކުރަން ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

މިދިޔަ ނޮވެމްބަރ މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 72 ވަނަ ޖަލްސާއިން ފާސްކުރެއްވި، ޤާނޫނު ނަންބަރު 2014/18، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ […]

Sports

ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ސާޢިދަށް ރައީސްގެ ތަހުނިޔާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއަށް ރަން މެޑަލް ހޯދައިދިން ދުވުންތެރިޔާ ޙަސަން ސާޢިދަށް، ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ. ސާޢިދާއި ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސާޢިދު ހޯއްދެވި ކާމިޔާބީއަކީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި މިއީ ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމުގައި ވިދާޅުވިއެވެ. އަދި، މިއީ މި މުބާރާތުން ރާއްޖެއަށް ރަން މެޑެއްޔެއް ލިބުނު ފުރަތަމަ ފަހަރުކަން...

ރައީސް އަދި މަޖިލިސް ރައީސް ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
Raajje

ރައީސް އަދި މަޖިލިސް ރައީސް ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސް އަދި މަޖިލިސް ރައީސް ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަބޫދާބީގެ ވަލީ އަޙްދު، ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދ...

ރައީސް ރަސްމީ ދަތުރުފުޅެއްގައި ޔޫ.އޭ.އީއަށް ފުރާ ވަޑައިގެންފި
Raajje

ރައީސް ރަސްމީ ދަތުރުފުޅެއްގައި ޔޫ.އޭ.އީއަށް ފުރާ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ އަބޫދާބީއަށް ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އަބޫދާބީގެ ވަލީ އަޙްދު، ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، ކުރަށްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަބޫދާބީގެ ވަލީ ޢަޙްދުގެ އިތުރުން އެ ޤައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވ...

ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމީ ޢަޤީދާ: ރައީސް
Raajje

ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމީ ޢަޤީދާ: ރައީސް

ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމީ ޢަޤީދާކަމާމެދަކު ޝައްކެއްނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބު ގައެވެ. މީގެ އިތުރުން ޚިޠާބުގައި ބުނެފައިވަނީ ދިވެހިންގެ ހިތްތަކުގައި، އެންމެ ލޯބި ދެވޭ، އެންމެ ޤަދަރުކުރެވޭ އަދި އެންމެ އިޙްތިރާމްކުރެވޭ އެއްޗަކީވެސް އިސްލާމީ ޢަޤީދާއެވެ. އެހެންކަމުން، އިސްލާމް ދީނުގެ އެންމެ މުހިނ...

ހެރިޓޭޖްގެ މުޝީރުންގެ ގޮތުގައި 4 ބޭފުޅަކު ޢައްޔަންކުރައްވައިފި
Raajje

ހެރިޓޭޖްގެ މުޝީރުންގެ ގޮތުގައި 4 ބޭފުޅަކު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މުޝީރުންގެ ގޮތުގައި ހަތަރު ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މުޝީރުންގެ ގޮތުގައި މިއަދު ޢައްޔަންކުރެއްވި ބޭފުޅުންނަކީ؛ 1- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ނަސީމާ މުޙައްމަދުކަލޭފާނު، ހ. މާގިރި 2- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢައްބާސް އިބްރާހީމް، މ. ސިލްވަރކްލައުޑް 3- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢަބްދުﷲ ޞާދިޤު، ހ. އާމުލީގ...

ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކަށް ހައްލުހޯދަން އެންމެ ފަހުން ރައީސްގެ އަރިހަށް
Raajje

ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކަށް ހައްލުހޯދަން އެންމެ ފަހުން ރައީސްގެ އަރިހަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޓެކްސީ ދުއްވާ ޑްރައިވަރުންވަނީ، އެ ބޭފުޅުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކުރެވޭނެ ގޮތްތަކާމެދު ރައީސުލްޖުމްހޫރިއްޔާ އާއިއެކު މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރުންގެ ފަރާތުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެއްގަމުގައި ދުއްވާ އިންޖީނު...

ނަރުހުންގެ މަސައްކަތަކީ އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖައިގެ ޚިދުމަތެއް: ރައީސް
Raajje

ނަރުހުންގެ މަސައްކަތަކީ އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖައިގެ ޚިދުމަތެއް: ރައީސް

ނަރުހުންނަކީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ގޮތުން އެ މަސައްކަތް ކުރައްވާ ބައެއް ނޫން ކަމަށާއި ނަރުހުން އެ ކުރައްވަނީ، އެއަށްވުރެ މާ މާތް، މާ މަތިވެރި މަސައްކަތެއް. އެއީ އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖައިގެ ޚިދުމަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަރސިން ނައު ކެމްޕޭން އިފްތިތާޙްކުރުމުގެ ގޮތުން މިރޭ ނޭޝަނަލް އާރޓް ގެލަރީގައި ބޭއްވި ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި،...

ރައީސްގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލައްވައިފި
Raajje

ރައީސްގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، މަސައްކަތްތެރީންގެ ހުނަރު ދައްކުވައިދޭ “ފަންނު އެކްސްޕޯ 2019″، މައުރަޒު ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލެއްވުމަށް މިއަދު ހަވީރު ދަރުބާރުގެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި، އެ ސަރަޙައްދުގައި ހުރި މައުރަޒުގެ ގިނަ ސްޓޯލްތައް ބައްލަވާލައްވައި މަސައްކަތްތެރީންނާއި ބައްދަލުކުރައްވާފައިވެއެވެ. އެގޮތުން ފަންނު އެކްސްޕޯގައި ދައްކާލަން ބަހައްޓާފައިވާ ސަޤާފަތާއި ދިވެހިވ...

80 އިސްލާހާއެކު ލާމަރުކަޒީ ބިލު ކޮމިޓީން ފާސްކޮށްފި
Raajje

80 އިސްލާހާއެކު ލާމަރުކަޒީ ބިލު ކޮމިޓީން ފާސްކޮށްފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އިސްލާހުތައް ހުށަހެޅީ އެމްޑީޕީ، އެލްޖީއޭ، އެޗްއާރުސީއެމް، އޮޑިޓާޖެނެރަލް، އީޕީއޭ، ޓްރާންސް ޕޭރެންސީ، ހޯޕްފޯ ވިމެންގެ ފަރާތުން ކަމަށާއި އެގޮތުން ޖުމުލަ 80 އިސްލާހާއެކު ލާމަރުކަޒީ ބިލު މިއަދު ކޮމިޓީން ފ...

2020 ވަނަ އަހަރު، އެސް.އެމް.އީ ބޭންކު މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ
Raajje

2020 ވަނަ އަހަރު، އެސް.އެމް.އީ ބޭންކު މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އޮނިގަނޑު ހަރުދަނާކޮށް، އެފަދަ ވިޔަފާރިތަކުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިފެށޭ 2020 ވަނަ އަހަރުގެ ތެރޭގައި، އެސް.އެމް.އީ ބޭންކު މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް މިހާރު ބަޖެޓުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ “ފަންނު އެކްސްޕޯ 2019” ހުޅުވުމުގެ ގޮތުން މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަންނު...