ސަރުކާރު ހަލާކުކުރަން ރާވަމުންދާކަމަށް ބުނެ މޮސްޓާގެ ތުހުމަތު ނަޝީދަށް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ހަލާކުކޮށްލަން ކުރީގައި ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާވަމުންދާ ކަމަށް ނޮޅިވަރަމް ދާއިރާއިގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ތުހުމަތުކުރައްވައިފިއެވެ. މޮސްޓާ މިހެން ވިދާޅުވީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ލަސްކަމެއް އެބަހުރިހެން ހީފުޅުވާކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ތަމްސީލުކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަވަމުނ...