އެކެއް ފެބްރުއަރީގައި އަދީބު ކުށްވެރިއަކަށްނުވެ މިއަދު ބަދަލުވީ ކީއްވެ: ނަޝީދު

OJcC4aXXkJGF9lRQQTWSLbzhexuxm4rPc9ho4FRH

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އަދީބަކީ ކުށްވެރިއެއް ނޫންކަމަށް ބުނެފައިވަނިކޮށް، އޭނާ މިހާރު ކުށްވެރިއަކަށްވީ ކީއްވެގެންތޯ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ސުވާލު އުފައްދަވައިފިއެވެ.

މެންބަރު ނަޝީދު ވިދާޅުވީ އަޙްމަދު އަދީބު ވެސް އޮންނަނީ 1 ފެބުރުވަރީގެ އަމުރުގައި ދޫކޮށްލާފައިކަމަށާއި އެ ދުވަހު އެ ޙުކުމްތަކާއި އެ ހުރިހާ އެއްޗެއް ހުއްޓާ ދޫކޮށްލީމާ އަތްޖެހިކަމަށެވެ.

އެ ދުވަހަކު ނުވި މުޖުރިމަކަށް. އެ ދުވަހަކު ނުވި ޚިޔާނާތްތެރިއަކަށް. އެ ދުވަހަކު ނުވި ދިވެހިރާއްޖޭގައި ހުރި އެންމެ ބޮޑު ވަގަކަށް ވެސް. އެކަމަކު މިއަދު އަނެއްކާވެސް ވަގަކަށް ވެގެން މި އުޅެނީ ކީއްވެގެންތޯ؟ ކޮންކަމެއް ހާސިލުކުރަންތޯ މި އުޅެނީ؟"، ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ އަދީބުގެ ކިބައިން އެމްޑީޕީއަށް ނެއްޓެން ނޭނގޭކަމަށް ސިފަކުރައްވާފައެވެ. އަދި އެ ނޫނަސް މި ޤައުމުގައި ބަލަންޖެހޭ ވަރަށް ބައިވަރު މައްސަލަތައް އެބަހުރިކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ޖަލްސާގައި ވާހަކަ ދައްކަމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު އިތުރަށް ވިދާޅުވީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ފިލައިގެންދިޔައިމާ ހައްޔަރުކޮށްގެން ގެނައީ ދިވެހިރާއްޖޭގެ ގާނޫނު ހިސާބަކުން ކަމަށާއި އަޙްމަދު އަދީބު ދޫކޮށްލުމަކީ ކޯޓުތަކުގެ މައްސަލައެއް ނޫންކަމަށެވެ. އިތުރަށް ތަފްސީލު ކޮށްދެމުން ނަޝީދު ވިދާޅުވީ ނައިބު ރައީސް އަހްމަދު އަދީބު ދޫކޮށްލީ އިޖުރާއަތްތައް ފުރިހަމަނުވާތީވެ ކަމަށާއި އިޖުރާއަތްތައް ފުރިހަމަކޮށްގެން ގެނައި ނަމަ، އަޙްމަދު އަދީބު ދުލެއް ނުކޮށްލާނެކަމަށެވެ

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި