ރަށުތެރެ ސާފުކޮށް ބޭއްވުމަށް އެހީތެރިވުމަށް ތަކަންދޫ އަމިއްލަ ފަރާތަކުން ޑަސްބިން ހަދިޔާކޮށްފި
ހއ. ތަކަންދޫގެ މަގުތަކާއި، އެކި ސަރަހައްދުތައް ސާފުކޮށް ބޭއްވުމަށް އެހީތެރިވުމުގެ ގޮތުން އެރަށު އަމިއްލަ ފަރާތަކުން ތަކަންދޫ ކައުންސިލަށް ޑަސްބިން ހަދިޔާ ކޮށްފިއެވެ. ތަކަންދޫ ކައުންސިލުން ވިދާޅުވީ، ރަށުތެރެ ސާފުކޮށް ބޭއްވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކައުންސިލަށް ޑަސްބިން ހަދިޔާކޮށްފައި ވަނީ އެރަށު ދޯދި، އަޙްމަދު ރަޝީދު ކަމަށެވެ. އަޙްމަދު ރަޝީދު ވަނީ ރަށުތެރޭ ބަހައްޓާ ބޮޑު 10 ޑަސްބިން ހަދިޔާކޮށްފައެވެ. ތަކަންދޫ ކައުންސިލުން ވަނީ މިކަން ފާހަގަކޮށް އޭނާ އަށް ޝުކުރު އަދާކޮށްފައެވެ. ރަށުތެރެ...