މުރައިދޫ ބަނދަރު ބޭރުތޮށީގެ މައްސަލަ ހައްލުކޮށްދީ، މަގު ހެދުމުގެ ވައުދު ފުއްދައިދޭނަން: ރައީސް
މުރައިދޫ ބަނދަރު ބޭރުތޮށީގެ މައްސަލަ ހައްލުކޮށްދީ، މަގު ހެދުމުގެ ވައުދު ފުއްދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ހއ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަ މަންޒިލެއްގެ ގޮތުގައި މުރައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މުރައިދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުރައިދޫއަ...