ވޯލްޑް ކަޕުގައި އިސްރާއީލް ކުޅޭނަމަ ސްޕެއިން ވަކިވާނެކަމުގެ އިންޒާރު!
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި އިސްރާއީލް ކޮލިފައިވެ ބައިވެރިވެއްޖެނަމަ، ސްޕެއިން އެ މުބާރާތުން ވަކިވެދާނެކަމަށް އެ ގައުމުގެ އިސް ފަރާތްތަކުން ބުނެފިއެވެ. ސްޕެއިންގެ ނޫސް މާކާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ސްޕެއިންގެ ޕާލިމެންޓުގައި ސޯޝަލިސްޓް ޕާޓީގެ ސްޕޯކްސްޕާސަން ޕަޓްޝި ލޯޕެޒް ވިދާޅުވެފައިވަނީ ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ދެކޮޅު ޢަމަލުތަކާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ވޯލްޑް ކަޕުން ވަކިވުމުގެ ފުރުސަތު އޮތްކ...