ވަގުތީ ފައިސާ ކޮޅަކަށް ސަރުކާރު ކުންފުނިތަކުގެ ހިއްސާއާއި، މުދާ ވިއްކާނުލުމަށް ޕީޕީއެމްގެ ނައިބުރައީސް ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

ޣައްސާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދައުލަތުގެ މުދަލާއި، ސަރުކާރުގެ ކުންފުނިތަކުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށެވެ. އޭނާ ވަނީ މިހާލަތުގައި ކުރަން ނުވާހާ ބޮޑެތި ހަރަދުތައް ކުރުމަށްފަހު އެކަން ފޫބައްދަން ވަގުތީ ފައިސާކޮޅެއް ހޯދުމަށްޓަކާ، ރައްޔިތުންގެ ކުންފުނިތަކުގެ ހިއްސާއާއި، މުދާ ވިއްކާނުލަން ގޮވާލައްވާފައެވެ.

Ad
rt

ޣައްސާން މައުމޫން މިހެން ވިދާޅުވީ، މޯލްޑިވިއަންއާ އެކު ޖޮއިންޓް ވެންޗަރކޮށް މަސައްކަތްކުރާނެ ބަޔަކު ހޯދާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވުމާ ގުޅިގެންނެވެ.

ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒްކުރުމުގެ ޕްލޭންތައް މި ސަރުކާރުން ހަދަމުން އަންނަ އިރު، ސަރުކާރުން ވަނީ ކުންފުނިތައް ޕްރައިވަޓައިޒް ކޮށްގެން ދައުލަތުގެ ބަޖެޓަށް 400 މިލިއަން ރުފިޔާ ހޯދަން ނިންމާފައެވެ.