ޢަލީ އާރިފް އިސްތިއުފާ ދެއްވައިފި
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޢަލީ އާރިފް މަގާމުން އިސްތިއުފާދެއްވިކަން ރައީސް އޮފީހުން ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ޢަލީ އާރިފް އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއްނުވެއެވެ. ޢަލީ އާރިފަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ދެބެންގެ ދެދަރި ބޭފުޅެކެވެ. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސްގެ މަގާމުގައި ހުންނެވި އިޤްބާލް އާދަމް އަކީ ވެސް ރައީސް ޑރ. މުޙައްމަދު […]