މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޕީއެންސީ

567 Stories filed
އޯލެވެލް އިމްތިހާނުގެ ދުވަސްވަރާ ދިމާވާތީ، ޕީއެންސީގެ ކޮންގްރެސް އަވަސްކޮށްފި
Raajje

އޯލެވެލް އިމްތިހާނުގެ ދުވަސްވަރާ ދިމާވާތީ، ޕީއެންސީގެ ކޮންގްރެސް އަވަސްކޮށްފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް، ކުރިން ކަނޑައެޅި ތާރީޚަށްވުރެ އަވަހަށް ބޭއްވުމަށް އެ ޕާޓީގެ އާންމު މަޖިލީހުން ރޭ ވަނީ ފާސްކޮށްފިއެވެ. ޕީއެންސީގެ އާންމު މެމްބަރުންގެ މަޖުލީހުގެ މިދައުރުގެ 2 ވަނަ ބައްދަލުވުން ރޭގައި ބާއްވާފައިވާއިރު، މި ބައްދަލުވުމުގައި އެ ޕާޓީގެ ކޮންގްރެސް އަވަސްކުރަން ހުށަހެޅުއްވީ ރިޔާސަތުގައި އިންނެވި، ޕީއެންސީގެ ރައީސް އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މިގޮތަށް ހުށަހެޅުއްވީ ކުރިން ކޮންގްރެސް ބޭއްވުމަށް އޮކްޓޫބަރު މަހު ކަނޑައެޅި ތާރީޚު...

މަޖިލީހުގެ އައު ނައިބަކަށް ސަލީމް
Parliament

މަޖިލީހުގެ އައު ނައިބަކަށް ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިހާބުކޮށްފި އެވެ. މަޖިލީހުގެ ނައިބު އިންތިޚާބުކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ސަރުކާރު ހިންގާ ޕީއެންސީ ހުށަހެޅީ ސަލީމްގެ ނަމެވެ. މަޖިލީހުގައި 12 މެމްބަރުން ތަމްސީލްކުރާ އިދިކޮޅު އެމްޑީޕީން ވެސް ވަނީ ނައިބަކަށް ނަމެއް ހުށަހަޅާފައެވެ. އެއީ ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު (ފިއްޓޭ)ގެ ނަމެވެ. ނައިބަކު ހޮވަން ނެގި ވޯޓުގައި 75 މެމްބަރުންނާއެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ކޮނ...

ފަލާހް މަޖިލީހުގެ ނައިބުކަމަށް ވާދައެއް ނުކުރަށްވާނެ، ދެ ނަމެއް ކުރީގައި
Parliament

ފަލާހް މަޖިލީހުގެ ނައިބުކަމަށް ވާދައެއް ނުކުރަށްވާނެ، ދެ ނަމެއް ކުރީގައި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަނުކުރަށްވާނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާފަށަން ކުޑަތަންވެފައި ވަނިކޮށް އޭނާ މަގާމުން އިސްތިއުފާދެއްވުމުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމު މިވަގުތު އޮތީ ހުހަށެވެ. މަޖ...

އިތުބާރުނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން ނާޒިމް އިސްތިއުފާދެއްވައިފި
Parliament

އިތުބާރުނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން ނާޒިމް އިސްތިއުފާދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު އިސްތިއުފާދެއްވައިފިއެވެ. ނާޒިމް މަގާމުން ވަކިކުރަން މިއަދު ހެނދުނު 9:00 ގައި ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އޮތީ ތާވަލްކޮށްފައެވެ. މިއަދުގެ ޖަލްސާފަށައި، ރިޔާސަތުން މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ ޢިއުލާންކުރެއްވި ގޮތުގައި ނާޒިމްގެ އިސްތިއުފާގެ ސިޓީ ވަނީ މަޖިލީހަށް ލިބިފައެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދަވާފައެއްނުވެއެވެ. ނާޒިމްގެ އިތުބާރުގެ މައްސަލަ އެއް މަޖިލީހަށް...

ޕީއެންސީ މެމްބަރުންނަށް ވެސް ލިބެނީ އެހެން މެމްބަރުން ލިބޭ މަޖިލީހުގެ މުސާރަ: ޝުޖާޢު
Raajje

ޕީއެންސީ މެމްބަރުންނަށް ވެސް ލިބެނީ އެހެން މެމްބަރުން ލިބޭ މަޖިލީހުގެ މުސާރަ: ޝުޖާޢު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓް ގްރޫޕްގެ މެމްބަރުންނަށް ފައިސާ ބަހަމުންދާ ކަމަށް ނޫހަކުން ގެނެސްދީފައިވާ ޚަބަރަކީ ދޮގެއް ކަމަށާއި، އެ ބޭފުޅުންނަށް ވެސް ލިބެނީ އެމްޑީޕީ އާއި އެހެނިހެން މެމްބަރުންނަށް ވެސް ލިބޭ އުސޫލުން މަޖިލީހުން ކަނޑައަޅާފައިވާ މުސާރަ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާޢު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ޕީއެންސީ ޕާލަމެންޓް […]

ނާޒިމްގެ އިތުބާރުގެ މައްސަލަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި
Parliament

ނާޒިމްގެ އިތުބާރުގެ މައްސަލަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް އޭނާގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ އަންނަ އާދީއްތަ ދުވަހަށް ތާވާލުކޮށްފިއެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ދުރުކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ފާސްކުރީ މެއި 13 ވަނަ ދުވަހުއެވެ. އަދި އެދުވަހު ވަނީ އެ މައްސަލަ ވެއްދުމުގެ ގަރާރަށް ބޭނުންވާ ސޮއިވެސް ހަމަކޮށްފައެވެ. އެއަށްފަހު ޖެހިގެން އައި މެއި...

ރައީސް ބޭނުންފުޅުނުވާކަމެއް ޕީއެންސީގައި ނުހިނގާނެ: ފަލާހް
Raajje

ރައީސް ބޭނުންފުޅުނުވާކަމެއް ޕީއެންސީގައި ނުހިނގާނެ: ފަލާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތެރޭގައި ނުހިނގާނެ ކަމަށާއި، އެ ޕާޓީން އެންމެ ފަހުން ބޭއްވި ސެނެޓް ބައްދަލުވުމަށް އެމަނިކުފާނު ވަކި ކަމެއް ހުށަހަޅުއްވާފައި ނުވާ ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ފަލާހު މިހެން ވިދާޅުވީ، ޕީއެންސީގެ ރައީސް ޑރ. މުޢިއްޒު ހުށަހެޅުއްވި ހުށަހ...

ފިތުނަ އުފައްދައިގެން ޕީއެންސީ ބައިބައެއް ނުކުރެވޭނެ: އަބުދުއްރަޙީމް
Raajje

ފިތުނަ އުފައްދައިގެން ޕީއެންސީ ބައިބައެއް ނުކުރެވޭނެ: އަބުދުއްރަޙީމް

ފިތުނަ ފަސާދަ އުފައްދައިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ބައިބައި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް އެ ޕާޓީގެ ސެނެޓުން ދެކޮޅު ހަދާފައިވާ ކަމަށް ބުނ...

ނަނާ ހުވަފެން ނުދައްކަވާ، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ: އަބުދުއްރަހީމް
Politics

ނަނާ ހުވަފެން ނުދައްކަވާ، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ: އަބުދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް އިދިކޮޅު އެމްޑީޕީއަށް ނުނެގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަޙީމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕެއިން އިފްތިތާޙްކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރަށްވާ އ...

ޔާމީން ހައްޔަރުކުރަން ގޮވާލުމުން ހިނިފުޅުވަޑުވަން އެހުންނަވަނީ އެންމެ އަރިސް ލޯޔަރު: ޝުޖާއު
Raajje

ޔާމީން ހައްޔަރުކުރަން ގޮވާލުމުން ހިނިފުޅުވަޑުވަން އެހުންނަވަނީ އެންމެ އަރިސް ލޯޔަރު: ޝުޖާއު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ގޮވާލުމުން، އެމަނިކުފާނުގެ އެންމެ އަރިސް ގާނޫނީ ވަކީލު ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ހިނިފުޅުވަޑުވަން ހުންނަވާ ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފިއެވެ. ޝުޖާއު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގައި އއ. ތޮއްޑޫގެ ޕީއެންސީގެ ކެންޑިޑޭޓުން ހޯދި...

އެންމެ ބޮޑު އިސްކަމެއް ދިނީ ކުރީ ސަރުކާރުން ކަނޑުފަޅުން ދޫކުރި ގޯތިތައް ޙަޤީޤަތަކަށް ހަދައި، ފްލެޓްތައް ނިންމުމަށް: ރައީސް
Raajje

އެންމެ ބޮޑު އިސްކަމެއް ދިނީ ކުރީ ސަރުކާރުން ކަނޑުފަޅުން ދޫކުރި ގޯތިތައް ޙަޤީޤަތަކަށް ހަދައި، ފްލެޓްތައް ނިންމުމަށް: ރައީސް

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވީ، ނިމިދިޔަ ސަރުކާރުން ކަނޑުފަޅުތަކުން ދޫކުރި ގޯތިތައް ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ހުއްޓިފައި ހުރި ފްލެޓްތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނާ ހަވާލުކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި ޖަގަހަ، “ޕީއެން...

އަޅުގަނޑު އަބުރުކަތިލާކަށް އަޅުގަނޑުބެހޭގޮތުން ތެދުބަހުން ހަދާ ޑޮކިއުމެންޓްރީއެއް ނުނެރެވޭނެ: ރައީސް
Raajje

އަޅުގަނޑު އަބުރުކަތިލާކަށް އަޅުގަނޑުބެހޭގޮތުން ތެދުބަހުން ހަދާ ޑޮކިއުމެންޓްރީއެއް ނުނެރެވޭނެ: ރައީސް

އެމަނިކުފާނާ ބެހޭގޮތުން ތެދުބަހުން ހަދާ ޑޮކިއުމެންޓަރީއެއްގައި އަބުރުކަތިލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި، އެފަދަ ކަންކަމުގައި ދޮގު ހަދައިގެން ޑޮކިއުމެންޓަރީ ނެރުމަކީ އެމަނިކުފާނަށް އޮތް ފައިދާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ...

އަބުރުކަތިލަން މަސައްކަތްކުރަނީ ސަރުކާރާ ގުޅޭގޮތުން ދެއްކޭނެ ވާހަކައެއް ނެތުމުން: ރައީސް
Raajje

އަބުރުކަތިލަން މަސައްކަތްކުރަނީ ސަރުކާރާ ގުޅޭގޮތުން ދެއްކޭނެ ވާހަކައެއް ނެތުމުން: ރައީސް

އިދިކޮޅު ފަރާތްތަކުން އިސްވެ އެމަނިކުފާނުގެ އަބުރުކަތިލަން މަސައްކަތްކުރަނީ ސަރުކާރުގެ މަސައްކަތްތަކާއި ސިޔާސަތުތަކާ ގުޅޭގޮތުން ދައްކާނެ ވާހަކައެއް ނެތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ކުރީގެ ސަރުކާރުތަކުގައި ހިނގާފައިވާ ބޮޑެތި ޚިޔާނާތު...

ނާޒިމްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
Parliament

ނާޒިމްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް އޭނާގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ދުރުކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ފާސްކުރީ އިއްޔެއެވެ. އަދި އިއްޔެ ވަނީ އެ މައްސަލަ ވެއްދުމުގެ ގަރާރަށް ބޭނުންވާ ސޮއިވެސް ހަމަކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ...

ހައި ކޯޓުން ތިން ވޯޓެއް ބާތިލް ކުރުމުން ވޭވަށު ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް
Raajje

ހައި ކޯޓުން ތިން ވޯޓެއް ބާތިލް ކުރުމުން ވޭވަށު ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް

މިިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލަށް މެމްބަރުން ހޮވަން ދީފައިވާ ތިން ވޯޓު ކަރުދާހެއް ބާތިލް ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކުރުމާއެކު, އެ ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް ލިބިއްޖެ އެވެ. ކައުންސިލް އިންތިހާބުގައި ވޭވަށު ކައުންސިލްގެ ތިން މެމްބަރުންގެ ތެރެއިން ރައީސްކަމާއި މެމްބަރުކަމުގެ މަގާމު އެމްޑީޕީއަށް ކާމިޔާބުވިއިރު, ޕީއެންސީއަށް ކުރިން ލިބިފައި އޮތީ އެންމެ ގޮނޑި އެކެވެ. އެ ކައުންސިލަށް ޕީއެންސީ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް މައްސަލަ […]