ތިންވަނަ ފިޔަވަހިން ދޫކުރި ގޯތިތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު
ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ކަލާފާނު ސްކޫލުގައެވެ. ވުޒާރާއިން ބުނި ގޮތުގައި، ގޯތީގެ ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށްދާ މީހާގެ ހާޒިރުގަ...